twitterviber whatsapp telegramfacebookyoutube instagram
27th April 2024

ބީޗް ހޭންޑް ބޯލް މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jan 25, 2024
1

ކުޅުދުއްފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަރާތުން އެ ސިޓީގައި ދިރިއުޅޭ އަންހެނުނަށް ހާއްސަކޮށް "ކަނބަލުންގެ ބީޗް ހޭންޑްބޯލް ޗެލެންޖް 2024" ގެ ނަމުގައި ހޭންޑްބޯލް މުބާރާތެއް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

16 އަހަރުން މަތީގެ ކުޅުދުއްފުށީ ރަށްވެހިންގެ ގޮތުގައިވާ އަންހެންނުނަށް ހާއްސަ ކުރެވިގެން ބާއްވާ މިމުބާރާތުގެ ބައިވެރިވުމުގެ ފަހު ތާރީހަކީ ފެބްރުއަރީ 11 ވަނަ ދުވަހެވެ.

މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެ ޓީމް ލިސްޓް ހުށައަޅަންޖެހޭ ސުންގަޑި ބައިވެރިވާ ޓީމްތަކުގެ މެނޭޖަރުންނާއި ހިއްސާކުރެވޭނެކަމަށާއި ޓީމް ލިސްޓް ބަލައިގަނެވޭނީ އެއިދާރާގެ އީމެއިލް:[email protected] މެދުވެރިކޮށް ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ.

އަންނަ ފެބްރުއަރީ 23 ވަނަ ދުވަހު ބާއްވަން ތާވަލްކޮށްފައިވާ އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 25،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފަ އެވެ.

16 އަހަރުން މަތީގެ އަންހެނުންނަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގެ މަގުސަދަކީ ރަށުގައި ބީޗް ހޭންޑްބޯލް ކުރިއަރުވާ ބީޗް ހޭންޑްބޯލް ކުޅެން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދިނުމެވެ. އަދި ހަރަކާތްތެރި ދުޅަހެޔޮ ބަޔަކަށް ހެދުމުގައި ހިތްވަރު ދިނުމާއި އެއްބައިވަންތަކަމާއި އެކުވެރިކަން އާލާކުރުމެވެ.

މި މުބާރާތަކީ ހަމައެކަނި ކުޅުދުއްފުށީގެ ކަނބަލުންނަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. ކުޅުދުއްފުށީ ކަނބަލެއްގެ ގޮތުގައި ބަލާނީ މަންމަ، ބައްޕަ ކުޅުދުއްފުށީ މީހެއް ނަމައެވެ. މީގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ރަށުން ބޭރު މީހުންނަށް މި މުބާރާތުގައި ކުޅެވޭނެ އެވެ.

ރަށުން ބޭރުން ކުޅުންތެރިން ނުގެނެވޭ ގޮތަށް ކުރިއަށްގެންދާ މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ޗެމްޕިއަން ޓީމް، ރަނަރަޕް ޓީމް، ފެއާ ޕްލޭ ޓީމް، ކޮންމެ މެޗަކުން އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު 4 ކުޅުންތެރިން، އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާގެ އިތުރުން މުބާރާތުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އާއި މުބާރާތުގައި އެންމެ ގިނަ ސްކޯރ ކުރި ކުޅުންތެރިން ހޮވާނެ އެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 6527131 އަދި 6527122 ނަމްބަރަށް ގުޅުމުން ސާފުވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355