twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދިރާގު "މޮބައިލް ލެޖެންޑް މިނީ ސީރީޒް 1" މުބާރާތް ފަށައިފި

Jan 26, 2024

ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރު ކުރިއަށް ގެންދިއުމަށް ދިރާގުން ނިންމާފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ތެރޭގައި ހިމެނޭ "މޮބައިލް ލެޖެންޑްސް މިނީ ސީރީޒް" މުބާރާތް ފަށައިފި އެވެ.

ދިރާގުން ބުނީ މި މުބާރާތަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތަފާތު ކުޅިވަރުތަކާއެކު މުޅި އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އީސްޕޯޓްސް މުބާރާތްތަކުގެ ސިލްސިލާ ފެށުން ކަމަށެވެ.

މޮބައިލް ލެޖެންޑްސް މިނީ ސީރީޒް 1 އަށް އޮންލައިންކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ހަފުތާގައި ދިރާގު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުނެވެ. ޖަނަވަރީ 27 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗުތަކެއް ވެސް ދިރާގުގެ ޔޫޓިއުބް އަދި ފޭސްބުކް ޕޭޖުން ލައިވް ސްޓްރީމް ކުރާނެ އެވެ.

ދިރާގުގެ ބްރޭންޑް އެންޑް އިވެންޓްސް މެނޭޖާ ނާޔާ ޝަރީފު ފާހަގަކުރެއްވި ގޮތުގައި އީސްޕޯޓްސްއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގޭނެ ކުޅިވަރެކެވެ. އަދި މިފަދަ މުބާރާތްތަކުގެ ޒަރިއްޔާއިން ދިވެހި ގޭމަރުންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބޭކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އީސްޕޯޓްސްއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހިންގޭނެ ކުޅިވަރެއް. އެގޮތުން މި މުބާރާތުން ދިވެހި ގޭމަރުންނަށް އެފަރާތްތަކުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ދިނުމުގެ އިތުރުން ކުޅިވަރެއްގެ ގޮތުގައި ގޭމިން ކުރިއެރުވުމަށް މަގުފަހިކޮށްދޭނެ،" ދިރާގުގެ މެނޭޖާ، ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

މޮބައިލް ލެޖެންޑްސްއަކީ މޮބައިލް ގޭމިންގެ ދުނިޔޭގައި މަގުބޫލު މަލްޓިޕްލޭޔާ އޮންލައިން ބެޓްލް އެރީނާ (އެމްއޯބީއޭ) ގޭމެކެވެ. އެގޮތުން މިދިޔަ އަހަރު ދިރާގުން ވަނީ "މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް 2023" ގެ ނަމުގައި އެއް ލައްކަ ރުފިޔާގެ ޕަރައިޒް ޕޫލަކާއެކު ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު އެއް އީސްޕޯޓްސް މުބާރަތް ބާއްވާފަ އެވެ.

ދިރާގުގެ މަގްސަދަކީ ރާއްޖޭގެ އީސްޕޯޓްސް އިތުރަށް ތަރައްގީކޮށް ކުރިއަރުވާ، ދިވެހި އީސްޕޯޓްސް އިތުރު ހަރުފަތަކަށް ގެންދިއުމަށް ރާއްޖޭގެ ގޭމިން ކޮމިއުނިޓީއާ ގުޅިގެން މަސައްކަތް ކުރުން ކަމަށް އެ ކުންފުނިން ބުނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355