twitterviber whatsapp telegramfacebookyoutube instagram
27th April 2024

މެޕްސް ކޮލެޖްއިން ހިންގާ މާސްޓަސް ކޯސްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Feb 7, 2024

މެޕްސް ކޮލެޖުން ހިންގާ ޔުނިވަސިޓީ އޮފް ބެޑްފޮޑްޝަޔަގެ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޔުނިވަސިޓީ އޮފް ބެޑްފޮޑްޝަޔަގެ ކޯސްތަކަކީ މީގެ ހަ އަހަރު ކުރިން މެޕްސް ކޮލެޖުން ތައާރަފްކުރި ބައިނަލް އަގުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ގައުމުތަކުގައި މަގުބޫލު ކޯސްތަކެކެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލުކުރާ ފެންވަރުގެ ބެޗަލަސް ޑިގްރީގެ ސަނަދު އޮތް ކޮންމެ ފަރާތަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ މާސްޓަސް (އެމްބީއޭ) ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ތިން ދާއިރާ އަކަށް ހާއްސަ ކުރެވިފައިވާ މި ކޯހުގައި ހިމެނެނީ އެމްބީއޭ (ޖެނެރަލް)، އެމްބީއޭ (ފައިނޭންސް) އަދި އެމްބީއޭ (ހޮސްޕިޓަލް އެންޑް ހެލްތް ސާވިސަސް މެނޭޖްމަންޓް) ކޯސްތަކެވެ.

އެމްބީއޭ (ފައިނޭންސް) ކޯހަކީ، ފައިނޭންޝަލް މެނޭޖްމަންޓް ދާއިރާގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ދަރިވަރުންގެ ހުނަރު އިތުރަށް ތަރައްގީކޮށް އެކުދިންގެ ކުރިމަގު ބައްޓަން ކުރުމަށް އެހީވެވޭނެ ގޮތަކަށް ފަރުމާ ކުރެވިފައިވާ ކޯހެކެވެ. ހަމައެއާއެކު ގިނަ ދަރިވަރުންގެ މެދުގައި މަގުބޫލު އެއް ކޯސް ކަމަށްވާ އެމްބީއޭ (ހޮސްޕިޓަލް އެންޑް ހެލްތް ސާވިސަސް މެނޭޖްމަންޓް) ކޯހަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ހާއްސަ ކުރެވިފައިވާ ކޯހެކެވެ.

މެޕްސްއިން ބުނީ ސިއްހީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ ތެރެއިން އިދާރީ ދާއިރާއިން ނުވަތަ މެނޭޖްމަންޓް ދާއިރާއިން ކުރިޔަށް ދާން ބޭނުންވާ ފަރާތްތަކަށް މިއީ އެންމެ އެކަށީގެންވާ ކޯހެވެ.

ޖުމްލަ 12 މަސް ދުވަސް ތެރޭ މި ކޯސް ނިންމުމަށްފަހު ދަރިވަރުންނަށް ބައިނަލް އަގުވާމީ ފެންވަރުގެ ސަނަދު ލިބޭނެ ކަމަށާއި ބެޗެލާސް ޑިގްރީއެއް ނެތް ދަރިވަރުންގެ ތެރެއިން އެމްކިއުއޭއިން ޤަބޫލުކުރާ ފެންވަރުގެ ޑިޕްލޮމާ އަދި އެޑްވާންސްޑް ޑިޕްލޮމާ ލެވެލްގެ ސަނަދާ އެކު މަސައްކަތުގެ ތަޖުރިބާގެ އަލީގައި ވެސް މި ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ދަރިވަރުންނަށް ވަނީ މަގުފަހިކުރެވިފަކަމަށް އެ ކޮލެޖުން ވަނީ ބުނެފަ އެވެ.

މެޕްސް ކޮލެޖުން ހިންގާ އެމްބީއޭ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު މި ކޯސްތަކަށް ފޯމް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 29ވަނަ ދުވަހާ ހަމައަށް ދަރިވަރުންނަށް ލިބޭނެއެވެ.

މެޕްސް ކޮލެޖަކީ ފާއިތުވި 24 އަހަރުތެރޭ މަތީ ތައުލީމުގެ ދާއިރާއިން އަގުހުރި ދަރިވަރުންތަކެއް މުޖްތަމަޢަށް ނެރެދީފައިވާ ރާއްޖޭގެ އެންމެ ދުވަސްވީ އެއް ކޮލެޖެވެ.

މަތީ ތައުލީމު އުނގަންނައިދިނުގެ ދާއިރާގައި ދިގު ތާރީހެއް އޮތް މެޕްސް ކޮލެޖުން ކުރިމަގުގައި ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ފެންވަރު ރަގަޅު ތައުލީމީ ދަރިންތަކެއް މުޖްތަމައަށް ނެރުމަށް ކަމަށް އެ ކޮލެޖުން ބުނެއެވެ.

ފަސޭހަކަމާއެކު އަމިއްލަ ގައުމުގައިތިބެގެން ބައިނަލް އަގުވާމީ ފެންވަރުގެ ސަނަދު ދަރިވަރުންނަށް ހޯދޭނެ ފުރުސަތު ފަހިކޮށްދިނުމަކީ އެކޮލެޖުގެ އެންމެ ބޮޑު އެއް އަމާޒުވެސް މެއެވެ.

މެޕްސް ކޮލެޖުން ހިންގާ އިތުރު ކޯސްތަކާއިބެހޭ މައުލޫމާތު އެކޮލެޖުގެ ވެބްސައިޓް މެދުވެރިކޮށް www.maps.edu.mv ލިބިގެންދާއިރު، ކޮލެޖުގެ ނަމްބަރު 3314621އަށް ގުޅާލުމުންވެސް މަޢުލޫމާތު ލިބިގެންދާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355