twitterviber whatsapp telegramfacebookyoutube instagram
12th August 2026

އަޕަރ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރަކަށް އާ ބޭފުޅަކު އައްޔަނުކުރައްވައިފި

އަބްދުލް ވާހިދު ޙަސަން
Feb 11, 2024

ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގެ ރީޖަނަލް ޕޮލިސް ކޮމާންޑަރަކަށް އާ ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

އަޕަރ ނޯތު ޕޮލިސް ރީޖަނަލް ކޮމާންޑަރުގެ މަގާމަށް އަންޔަނުކުރެއްވީ ޗީފް ސުޕްރިންޑެންޓް އޮފް ޕޮލިސް އިބުރާހިމް ޒުހުރީ އެވެ. ޒުހުރީއަކީ ފުލުހުންގެ ހިދުމަތުގައި 27 އަހަރު ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ގާނޫނީ ދާއިރާއިންނާއި ސޯސިއޮލޮޖީގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ޒުހުރީ އެންމެ ފަހުން ހުންނެވީ ހެޑް އޮފް ކޮމިއުނިކޭޝަން އެންޑް ޕަބުލިކް އެފެއާޒްގަ އެވެ.

އަޕަރ ނޯތު ޕޮލިސް ރީޖަނަލް ހެޑް ކުއާޓަރ ހުންނަ ކުޅުދުއްފުއްޓަށް ޒުހުރީ ވަޑައިގެންނެވީ މިދިޔަ ޖެނުއަރީމަހުގެ ފަހުކޮޅު ނަމަވެސް ރަސްމީކޮށް ޒުހުރީ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު އެވެ.

ޒުހުރީ ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އޭނާއަށް ވަނީ ރަތްދޫލައިގެ ހޫނު މަރުހަބާ ދަންނަވާފަ އެވެ.

އަޕަރ ނޯތު ޕޮލިސް ރީޖަންގައި ހިމެނެނީ ހއ، ހދ އަދި ށ އަތޮޅެވެ. މިއީ އަތޮޅުތެރޭގެ އެންމެ ބޮޑު އާބާދީއެއް ހިމެނޭ ރީޖަންވެސް މެ އެވެ. އެންމެ ފަހުން އަޕަރ ނޯތު ޕޮލިސް ރީޖަންގެ ކޮމާންޑަރަކަށް ހުންނެވީ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ޝިހާމް އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355