twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދިރާގުން "ރޯދައަށް ތައްޔާރު" ޕްރޮމޯޝަން ފަށައިފި

Feb 13, 2024

ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން "ރޯދައަށް ތައްޔާރު"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

މި ޕްރޮމޯޝަނުގެ ދަށުން މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހަށް ދިރާގުގެ ކަނެކްޝަނާ ގުޅޭ ކޮންމެ ކަސްޓަމަރެއް ވެސް ހާއްސަ ލަކީޑްރޯއެއްގައި ބައިވެރިކުރާނެ އެވެ. މި ލަކީޑްރޯ އަކީ ކުރިއަށް އޮތް ހަތަރު ހަފްތާގައި ގުރުއަތު ނެގުން އޮންނާނެ "ވީކްލީ" ލަކީޑްރޯއެކެވެ.

މި ލަކީޑްރޯގެ ފުރަތަމަ ހަފްތާގައި ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް ދިރާގުން ކަނޑައަޅާ ފިހާރައަކުން ކާބޯތަކެތީގެ "ޝޮޕިން ސްޕްރީ" އެއް ލިބޭނެ އެވެ. މި ޝޮޕިން ސްޕްރީ އަކީ ޗެލެންޖިން މަޖާ ހަރަކާތަކަށް ހެދުމުގެ ގޮތުން ވިޔަފާރިކުރުމަށް ލިބޭނީ އެއް މިނެޓެވެ. އެއް މިނެޓުގެ ތެރޭގައި ގަންނަ ކޮންމެ އެއްޗަކީ ދިރާގުން ފައިސާދައްކާނެ އެއްޗެކެވެ.

މި ލަކީޑްރޯގެ ދެ ވަނަ ހަފްތާގެ ލަކީޑްރޯއިން ހޮވޭ ކަސްޓަމަރަކަށް ރާއްޖޭގައި ސާފުކުރުމުގެ މަސައްކަތް ޕްރޮފެޝަނަލްކޮށް ކުރާ ކުންފުންޏެއް މެދުވެރިކޮށް ގެ ސާފުކޮށްދޭނެ އެވެ. ތިން ވަނަ ހަފްތާގެ ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް، ޕްރޮފެޝަނަލްކޮށް ކުލަލުމުގެ މަސައްކަތް ކުރާ ކުންފުންޏެއް މެދުވެރިކޮށް ގޭގައި ކުލަ ލައިދޭނެ އެވެ.

މި ލަކީޑްރޯގެ ހަތަރު ވަނަ ހަފްތާގެ ލަކީޑްރޯއިން ހޮވޭ ކަސްޓަމަރަކަށް ކިޗަން އެޕްލަޔަންސަސް ޕެކެއް ލިބޭނެ އެވެ. މި ޕެކުގައި ރޯދަ މަހު އާއްމުކޮށް ބޭނުންކުރާ އެކި ހިފައިގެންގުޅޭ ތަކެތި ހިމެނޭނެ ކަމަށް ދިރާގުން ބުންޏެވެ.

ރޯދައަށް ތައްޔާރު ޕްރޮމޯޝަނުގެ ދަށުން މި މަހުގެ ނިޔަލަށް ޕޯސްޓް ޕެއިޑް އަދި ފިކްސްޑް ބްރޯޑްބޭންޑް ނަގާ ކަސްޓަމަރުންގެ މާޗް މަހުގެ ބިލުން ޕެކޭޖް ރެންޓަލް ކަނޑާލުމަށް ވަނީ ނިންމަފަ އެވެ. ދިރާގުން ބުނީ ޕެކޭޖަށް ނަގާ އަގު ކަނޑާލުމަށް ނިންމީ ރޯދަ މަހަކީ އާއްމުކޮށް ބޮޑު ހަރަދެއް ހިނގާ މަހަކަށްވުމުން، މާލީ ގޮތުން އެ ކުންފުނިން ކަސްޓަމަރުންނަށް ލުއި ދިނުމަށް ކަމަށެވެ.

ރޯދައަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ޕްރޮމޯޝަންތަކެއް ފަށާފައި ވާއިރު، ރޯދަމަހަށް ހާއްސަކޮށް ވަކިން ޕްރޮމޯޝަންތަކެއް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355