twitterviber whatsapp telegramfacebookyoutube instagram
4th May 2024

ދަ މާކެޓާސް ސަމިޓްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Feb 20, 2024

ދަ މާކެޓާސް ސަމިޓް 2024 ގެ ދެވަނަ އެޑިޝަންގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެބުރުއަރީ މަހުގެ 23 އިން 24 އަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ އޮޑިޓޯރިއަމްގަ އެވެ.

ދިރާގުން ބުނީ ގްލޯޓެބް އިންވެސްޓްމަންޓުން އިންތިޒާމުކޮށްގެން ބާއްވާ މި އިވެންޓް ވެގެންދާނީ ރާއްޖޭގެ މާކެޓިން ދާއިރާއަށް ހާއްސަކޮށްގެން ބޭއްވޭ އެންމެ އުންމީދީ އެއް ހަރަކާތަށް ކަމަށެވެ.

މި އިވެންޓްގައި މާކެޓިން ދާއިރާގެ އިސްވެރިންނާއި، ދާއިރާގެ ޕްރޮފެޝަނަލުންގެ އިތުރުން އުންމީދީ ހުނަރުވެރިން އެއްތަންކޮށް، މާކެޓިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރާނެ ކަމަށް ލަފާކުރެވޭ އެންމެ ފަހުގެ ޓްރެންޑްތަކާއި ސްޓްރެޓެޖީތަކާއި ޓެކްނޮލޮޖީތައް ދެނެގަނެވޭނެ ކަމަށް ދިރާގުން ބުނެ އެވެ.

މި އަހަރުގެ ދަ މާކެޓާސް ސަމިޓްގައި މައިގަނޑު ގޮތަކަށް އަލިއަޅުވާލާނީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި އޭއައިގެ ސަބަބުން މާކެޓިން ޓްރެންޑްސް އަދި ޑައިނަމިކްސްއަށް ކުރާ އަސަރުގެ މައްޗަށެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓުގައި ދިވެހި އަދި ބައިނަލްއަގްވާމީ ކަމާބެހޭ ފަރާތްތައް ތަފާތު އެބޭފުޅުންގެ ވިސްނުމާއި އުކުޅުތައް ބައިވެރިންނާ ހިއްސާކުރާނެއެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްގީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށް އެއްބާރުލުންދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355