twitterviber whatsapp telegramfacebookyoutube instagram
3rd May 2024

'ހިޔަލަ ވީކެންޑް މާކެޓް'ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

Feb 22, 2024

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) އާއި އިގްތިސޯދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ގުޅިގެން ކުރިއަށްގެންދާ 'ހިޔަލަ ވީކެންޑް މާކެޓް'ގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.

ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށް ހަވީރު 4:00 ން 11:00 އަށް ހުޅުމާލެ ފޭސް 1ގެ ކޮންޓެއިނަރ މި މާކެޓް ކުރިއަށްގެންދެއެވެ. 'ޕަވަރޑް ބައި ދިރާގު' ގެ ގޮތުގައި ކުރިއަށްގެންދާ މި މާރކެޓުގެ އަމާޒަކީ އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވައި އެފަރާތްތަކުގެ އުފެއްދުންތައް ދައްކާލައި ވިއްކުމަށް ޚާއްސަ ޕްލެޓްފޯމެއް ފޯރުކޮށްދިނުމެވެ.

އެގޮތުން ކޮންމެ ހަފުތާއަކުވެސް 18 އަންހެން ވިޔަފާރިވެރިންނަށް އެ ފަރާތްތަކުގެ އުފެއްދުންތައް ވިއްކުމުގެ ފުރުސަތު ބީ.ސީ.ސީއިން ދެއެވެ. އެގޮތުން އެ މުއައްސަސާއިންވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ނަން ހުށަހަޅާ ވެއިޓްލިސްޓް ކުރުމުގެ އިންތިޒާމު ހަމަޖައްސާފައެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި އަންހެނުން މާލީ ގޮތުން ބާރުވެރިކުރުވުމުގެ މަޤްސަދުގައި ހިންގާ 'ހިޔަލަ ވީކެންޑް މަރކެޓް' ފަދަ އިވެންޓްގެ ޑިޖިޓަލް ޕާޓްނަރަކަށްވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަންހެނުން ބާރުވެރިކުރުވުމަކީ އަޅުގަނޑުމެންގެ ސީ.އެސް.އާރު ޕްރޮގްރާމްގެ މައިގަނޑު އެއް ފޯކަސް ދާއިރާ އެވެ.

އެގޮތުން މި ޕްލެޓްފޯމުގެ ސަބަބުން މުޖުތަމަޢުގެ ތަފާތު އަންހެން ވިޔަފާރިވެރިންނަށް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި މީހުންނަށް އެނގި، އާ ފުރުސަތުތަކެއް އެފަރާތްތަކަށް މަގުފަހިވެގެން ދާނެކަމަށް އުންމީދުކުރަން" ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނާ އެކު 'ހިޔަލަ ވީކެންޑް މަރކެޓް'ގެ ޕަރޓްނަރަކަށްވެ، ދެއްވަމުންގެންދަވާ އެއްބާރުލުމަށް ދިރާގަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާ އެކު މަސައްކަތްކޮށް، މި ޕްލެޓްފޯމް އިތުރު އަންހެން ވިޔަފާރިވެރިންނަށް ފޯރުކޮށްދީ، އެފަރާތްތަކުގެ އުފެއްދުންތައް މިހާރަށް ވުރެ ފުޅާ ދާއިރާއެއްގައި އާންމުންނާ ހަމައަށް ވާސިލްކޮށްދިނުން،" ބީ.ސީ.ސީގެ ޑިރެކްޓަރު ކޮމާޝަލް، މުހައްމަދު ޖައުޝަން ވިދާޅުވި އެވެ.

ދިރާގުން ދަނީ ދިވެހިރާއްޖޭގެ އެކި ދާއިރާތަށް އިތުރަށް ތަރައްޤީކޮށް، ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މުސްތަގުބަލު މުއްސަނދިކުރުމަށް އެހީތެރިވެދޭ އިވެންޓްތަކަށާއި އިނީޝިއޭޓިވްތަކަށް އެއްބާރުލުންދެމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355