twitterviber whatsapp telegramfacebookyoutube instagram
27th July 2026

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ވެސް ބީއެމްއެލްއިން ހިދުމަތްދޭނެ

Feb 25, 2024

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބެންކުތަކުން ޚިދުމަތްދޭނެ ކަމަށް އެ ބެންކުން މިއަދު ބުނެފިއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރުމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ބީއެމްއެލްއިން ނެރުނު އިއުލާނެއްގައި ބުނީ އެ ދުވަސްތަކުގައިވެސް އެ ބޭންކުން ހިދުމަތްދެނޭ ކަމަށެވެ.

އެގޮތުން ފަހު ދިހައެއްގެ ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ފެށިގެން މެންދުރު 12:00 އަށް ބެންކުންތަކުން ހިދުމަތްދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ، ރަމަޟާން މަހުގެ އެހެން ދުވަސްތަކާއި ޝައްވާލްމަހުގެ ފުރަތަމަ ހަތް ދުވަހު އެ ބެންކުގެ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް ހެނދުނު 9:30އިން މެންދުރު 12:00އަށް ހުޅުވާފައި ހުންނާނެ ކަމަށެވެ.

މީގެއިތުރުން، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ބީއެމްއެލްއިން ގާއިމުކޮށްފައިވާ ސެލްފް ސާވިސް ސެންޓަރުތައް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް އެ ބެންކުން ވަނީ ބުނެފައެވެ.

ބީއެމްއެލްއިން ވަނީ ރަމަޟާން މަހު އިންޓަނެޓް ބޭންކިންނާއި ބީއެމްއެލް އެޕް މެދުވެރިކޮށް ހިދުމަތް ހޯދުމަށް އެދިފައެެވެ. އަދި ކޭޝް އެޖެންޓުން މެދުވެރިކޮށްވެސް ހިދުމަތް ހޯދޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355