twitterviber whatsapp telegramfacebookyoutube instagram
7th June 2026

ބީއެމްއެލްއިން ސްކޭން ޓު ޕޭ ބޭނުންކޮށްލައިގެން އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް

Feb 27, 2024

ބީއެމްއެލުން ކަސްޓަމަރުންނަށް ހާއްސަކޮށްގެން ސުކޭން ޓު ޕޭ ބޭނުންކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭނެ ފުރުސަތާއެކު ޕުރޮމޯޝަނެއް ފަށައިފިއެވެ.

އަށް ހަފުތާއަށް ބަހައިލައިގެން ކުރިއަށްގެންދާ މި ޕުރޮމޯޝަނުގެ ތެރެއިން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ މީހަކަށް އަގުހުރި އިނާމެއް ދޭނެއެވެ.

އެގޮތުން ޕްރޮމޯޝަންގައި ބައިވެރިވުމަށް މޮބައިލް އެޕްގައި ހިމެނޭ ސުކޭން ޓު ޕޭ ފަންކްޝަން ބޭނުންކޮށްގެންް ފައިސާ ދެއްކޭނެއެވެ.

މި ޕުރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ކަސްޓަމަރުނަށް ހުޅުވައިލާފައެވެ.

ޕްރޮމޯޝަން ތެރޭގައި ދޭ އަގުހުރި އިނާމުތަކުގެ ތެރޭގައި ފިލިޕްސް އެލް އީޑީ 75 އިންޗީގެ ޓީވީ، ހިޓާޗީ އައިސް އަލަމާރި، މައިކްރޯ އަދި އެއާ ފްރަޔާ ހިމެނެއެވެ.

މި ޕުރޮމޯޝަން ކުރިއަށްދާނީ 20 އޭޕްރީލްގެ ނިޔަލަށްކަމަށް ބޭންކުން މައުލޫމާތު ދީފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355