twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު އަންނަ ބުރާސްފަތިދުވަހު ފަށަނީ

ނަބީލާ އިސްމާޢީލް
Feb 27, 2024

ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރު އަންނަ ބުރާސްފަތިދުވަހު ފަށަން ތައްޔާރުވެއްޖެ އެވެ. މި ރޯދަ ބާޒާރަކީ އަފީފުއްދީން ސްކޫލުގެ ޕީޓީއޭއިން އިންތިޒާމުކޮށްގެން ބާއްވާ ބާޒާރެކެވެ.

މި ބާޒާރުގައި މިއަހަރު 9 ވިޔަފާރިއަކުން ބައިވެރިވެފައިވެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ބާޒާރު ފަށާނީ ބުރާސްފަތިދުވަހުގެ ހަވީރު 16:30 ގަ އެވެ.

ބާޒާރުގައި ބައިވެރިވި ވިޔަފާރިތައް:

1. ޕެންޓަގުރާމް

2. ރިއަލް އޭޖު

3. ލެ ޝޮޓް

4. އޮރެންޖު ޑެކު

5. ގޯލްޑް ވޭ

6. ވޫވެން

7. ބައުންޓީ

8. ރަންނާޅި

9. ފުޑް ގުލޯރިއާ

އަފީފުއްދީން ސްކޫލުން ބުނީ، މިއަހަރުވެސް މީގެ ކުރީ އަހަރުތަކެކޭ އެއްގޮތަށް އަގުހެޔޮކޮށް މުދާ ލިބެން ހުންނާނެ ކަމަށެވެ. އަދި ރޯދަމަހާ ގުޅޭ ތަފާތު ގިނަ މުދާ ލިބެން ހުންނާނެ ކަމަށެވެ.

ރޯދަ ބާޒާރު ކުރިއަށްދާއިރު ގިނަ ކުޑަކުދިންގެ ސަމާލުކަން ހޯދާފައިވާ ބިރުހޮހޮޅަށް މިއަހަރުވެސް ކުރިއަށްދާނެ އެވެ.

މިއީ އެންމެ ގިނަ ވިޔަފާރިވެރިން ބައިވެރިވެގެން ކުޅުދުއްފުށީގައި ބާއްވާ އެންމެ ބޮޑު ރޯދަ ބާޒާރެވެ.

ރޯދަ ބާޒާރު ހުޅުވިފައި ހުންނާނެ ވަގުތުތައް

  • 29 ފެބުރުވަރީ 2024(ބުރާސްފަތި): ހަވީރު 4:30 ން 6:00 އަށް
  • 1 މާރިޗު 2024 (ހުކުރު): 14:00 ން 15:30 އަށް
  • 1 މާރިޗު 2024 (ހުކުރު): 16:00 ން 18:00 އަށް
  • 1 މާރިޗު 2024 (ހުކުރު): 20:30 ން 22:30 އަށް
  • 2 މާރިޗު 2024 (ހޮނިހިރު): 08:30 ން 12:00 އަށް
  • 2 މާރިޗު 2024 (ހޮނިހިރު): 14:00 ން 15:30 އަށް
  • 2 މާރިޗު 2024 (ހޮނިހިރު): 16:00 ން 18:00 އަށް
  • 2 މާރިޗު 2024 (ހޮނިހިރު): 20:30 ން 22:30 އަށް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355