މަޝްހޫރު ބާބެކިޔު ހަޓް ރެސްޓޯރެންޓްގެ ގޮތްޕެއް ކުޅުދުއްފުށި ސިޓީގައި ހުޅުވައިފި އެވެ. ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށް ހާއްސަކޮށް ހުޅުވި މި ރެސްޓޯރެންޓްގައި މިވަގުތު ކުޅުދުއްފުށީގައި ލިބޭނީ ޑެލިވަރީ އަދި ޓޭކް އަވޭގެ ހިދުމަތް ކަމުގައި ވީނަމަވެސް ވަރަށް އަވަހަށް ޑައިން އިންގެ ހިދުމަތްވެސް ފެށިގެން ދާނެކަމަށް ބާބެކިޔު ހަޓުގެ ފަރާތުން ހާމަކުރެ އެވެ.
ބާބެކިޔު ހަޓް ރެސްޓޯރަންޓަކީ އިންޑިއަން، ޗައިނީސް އަދި ކޮންޓިނެންޓަލް ޑިޝްތަކަށް ސަރަހައްދުގައި ބޮޑު މަގުބޫލުކަމެއް ލިބިފައިވާ ރެސްޓޯރަންޓެކެވެ. އެގޮތުން ތަންދޫރީ ޗިކަން، ގްރިލްޑް ޗިކަން، ހައިދަރ އާބާދީ ޗިކަން ދަމްބިރިޔާނީ، އެކި ވައްތަރުގެ ރައިސް، ނޫޑްލްސްގެ އިތުރުން ޕިއްޒާ، ބާގަރ އަދި ސަބްމެރިންގެ އެކި ވައްތަރުތައް އެއީ ބާބެކިޔު ހަޓުގެ މަޝްހޫރު އައިޓަމްތަކެވެ.
ބާބެކިޔު ހަޓުން ފަރިއްކުޅުއްވާ ފަރާތްތަކުން ފާހަގަ ކުރައްވާ ގޮތުގައި ރެސްޓޯރަންޓްގެ އައިޓަމްތަކުގެ ރަހަތައް މީރުވުމުން ހަގީގީ ރަހަތައް ތަޖުރިބާ ކޮށްލެވެއެވެ. ބާބެކިޔު ހަޓް ކުޅުދުއްފުށީ ފޭސްބުކް ޕޭޖުން އަދި ބާބެކިޔު ހަޓް އެޕްލިކޭޝަންއިން މެނޫ ބަލައިލެވޭނެ އެވެ.
ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތަށް އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކުން ބާބެކިޔު ހަޓް އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ 7382277 ނަންބަރަށް ގުޅުއްވާ ނުވަތަ ވައިބަރ އިން މެސެޖް ކުރައްވައިގެން އޯޑަރ ދެއްވޭނެއެވެ. ހިދުމަތް ލިބޭނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން ރޭގަނޑު 11:00 އަށެވެ.
ހުކުރު ދުވަހު ހަވީރު 3:30 އިން ރޭގަނޑު 11:00 އަށެވެ. ބާބެކިޔު ހަޓް އެޕްލިކޭޝަން ގޫގުލް ޕްލޭސްޓޯރ އަދި އެޕަލް އެޕްސްޓޯރ އިން ޑައުން ލޯޑް ކުރެވޭނެއެވެ. އެޕްލިކޭޝަންގައި އެކައުންޓެއް ކްރިއޭޓް ކުރުމަށްފަހު ލޮގިންގ ވެލައްވައި ސާޗް ލޮކަލިޓީގައި "ކުޅުދުއްފުށި" ލިޔުއްވުމުން ބާބެކިޔު ހަޓް ކުޅުދުއްފުށި ސިޓީގެ އައުޓް ލެޓަރ އޯޑަރ ދެއްވޭނެއެވެ.
ކުޅުދުއްފުށި ސިޓީއަށް ރަށުން ބޭރުން ދުރުވާ ފަރާތް ތަކަށާއި ރަށުގައި ތިއްބަވައިގެން ފެރީން ރަށަށް އޯޑަރ ގެންދަން ބޭނުންވާ ފަރާތްތަކަށް ފެރީއަށް ޑެލިވަރ ކޮށްދިނުމުގެ ހިދުމަތްވެސް ލިބޭނެ އެވެ. ބާބެކިޔު ހަޓުން ރޯދަމަހު ރޯދަ ވީއްލާ ގަޑިއަށް އަދި ތަރާވީސް ދަމާއި ހާރު ދަމަށްވެސް ޑެލިވަރީ އަދި ޓޭކްއަވޭގެ ހިދުމަތް ލިބިގެންދާނެކަމަށް އެފަރާތުން ހާމަކުރެ އެވެ.
މިފަދަ ރެސްޓޯރަންޓެއްގެ ރަހަތައް ކުޅުދުއްފުށި ސިޓީއިން ލިބިގެން ދިއުން އެއީ ކުޅުދުއްފުށީގައި ދިރިއުޅުއްވާ ފަރާތްތަކަށާއި ސަރަހައްދުގެ ރައްޔިތުންނަށްވެސް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ.