twitterviber whatsapp telegramfacebookyoutube instagram
27th April 2024

ޓެސްލާ ކާރުގެ ނަސީބުވެރިޔާ ހޮވުން ބޮޑު އީދުގައި ބާއްވަނީ

Mar 19, 2024

ދިރާގު 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ގުރުވަތު ނެގުން މި އަހަރުގެ އަޟްޙާ އީދު ކަމަށްވާ 17 ޖޫން 2024 ގައި ބޭއްވުމަށް އެ ކުންފުނިން ނިންމައިފި އެވެ.

މި 'ވިން އަ ޓެސްލާ' ޕްރޮމޯޝަނަކީ ދިރާގުގެ 35 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ އެހީގައި ތަފާތު، އާ ތަޖުރިބާއެއް ފޯރުކޮށްދިނުމުގެ މަގުސަދުގައި އެކުންފުނިން ލޯންޗުކުރި ހަރަކާތެކެވެ. އެގޮތުން މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ހޫނު ތަރުހީބެއް ލިބިފައިވާކަމަށް ދިރާގުން ބުނެ އެވެ. މި އިނާމު ލިބޭ ފަރާތް އެނގުމުގެ ޝައުގުވެރިކަން ވަނީ އާންމުންގެ މެދުގައި އިތުރުވެފައެވެ.

މި ޕްރޮމޯޝަންގައި އެންރޯލްވުމަށްޓަކާ ދިރާގު ކަސްޓަމަރުން ވަނީ 31 ޖަނަވަރީ 2024ގެ ކުރިން ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕްލޭންތަކަށް ސަބްސްކްރައިބްކޮށްފައެވެ.

އެގޮތުން އެންރޯލްވި ކަސްޓަމަރުންނަށް ގުރުވަތުގައި ބައިވެރިވެވޭނީ އޭރު ސަބްސްކްރައިބް ކުރި ޕްލޭންތަކުގައި 17 ޖޫން 2024 އާ ހަމައަށް މަޑުކޮށްގެންނެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި ސަބްސްކްރައިބްކޮށްފައިވާ ޕްލޭންތައް ކަސްޓަމަރުންނަށް އަޕްގްރޭޑްވެސް ކުރެވޭނެއެވެ.

އަދި ލަކީ ޑްރޯގައި ކަސްޓަމަރުންގެ ސަބްސްކްރައިބް ކޮށްފައިވާ ޕްލޭންތައް އެ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރުމަށް ވެސް ހިޔާރު ކުރެވޭނެ އެވެ.

މި ޕްރޮމޯޝަން ނިމުމުގެ ކުރިން ދިރާގުން ވަނީ ދިރާގު ހެޑް އޮފީސް އަދި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ދެ އިވެންޓެއްގައި މި ޕްރޮމޯޝަންގެ އިނާމު ގޮތުގައި ދެވޭނެ ޓެސްލާ ކާރު އާންމުނަށް ދައްކާލާފައެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355