twitterviber whatsapp telegramfacebookyoutube instagram
28th April 2024

ކުޅުދުއްފުށީގެ ގޭބީސީތަކުން ކުނި ނެގުމުގެ ހިދުމަތް ފަށަން ވެމްކޯ އިން ތައްޔާރުވަނީ

އަބްދުލް ވާހިދު ޙަސަން
Mar 19, 2024
5

ކުޅުދުއްފުށީގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތް ފަށަން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައްޔާރުވެއްޖެ އެވެ. އެ ހިދުމަތް ފެށުމަށް ވެމްކޯ އިން ވަމުން އަންނަ ތައްޔާރީތަކާ ބެހޭ ގޮތުން ،5 މާރިޗް 2024 ވަނަ ދުވަހު އެ ކުންފުނީގެ ފަރާތުން ކުޅުދުއްފުށީގެ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލު ވުމުގައި ވަނީ އިއުލާނު ކުރައްވާފައެވެ.

ވެމްކޯ އިން ބުނީ، ކުޅުދުއްފުށީގެ ގޭބިސީތަކުން ކުނި ނެގުމަށް ބޭނުންވާ އެންމެފަހުގެ ތައްޔާރީތައްވަމުންދާ ކަމަށާއި ފިތުރު އީދު ނިންމުމާއެކު ގޭބިސީތަކުން ކުނި ނަގަން ފަށާނެ ކަމަށެވެ.

ވެމްކޯ އިން މައުލޫމާތު ދޭ ގޮތުގައި، ގޭބިސީތަކުގައި އުފެދޭ ކުނިވާޒާރުގެ ކުނި ނުވަތަ ބަދިގެ ކުނި ހަފްތާގެ ކޮންމެ ދުވަހަކުވެސް ނަގަމުންގެންދާނެ ކަމަށާއި ކުނި ނެގުމުގެ ހިދުމަތް ރަށުގައި ފޯރުކޮއްދޭނޭ ތާވަލާއި ހިދުމަތާ ގުޅޭ އިތުރު މައުލޫމާތު މި ހިނގާ ރަމަޞާންމަހުގެ ތެރޭ އާންމު ކުރެވޭނެއެވެ.

ކުނި ނެގުމަށް ގޭބިސީތަކުން ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު ކުނި ނެގުމުގެ ފީއަކީ މަހަކު 200 ރުފިޔާ އެވެ.

ގޭބިސީތަކުން ކުނި ނެރޭއިރު ކުނި ވަކިކުރަން ޖެހެ އެވެ. އެގޮތުން މައިގަނޑު ހަތަރު ބަޔަކަށް ކުނި ވަކިކުރަން ޖެހޭނެކަމައް އެ ކުންފުނިން މައުލޫމާތު ދެއްވަ އެވެ. އެއީ؛

- ބިއްލޫރި / މައުދަނު

- ބަދިގެ ކުނި

- ޕްލާސްޓިކް

- އެހެނިހެން

ގޭބިސީތަކުން ކުނި ނެގުމަށް ރަޖިސްޓްރީކޮށްލާ

އެހެނިހެން ކުންޏާއި މައުދަން ފަދަ ކުނިތައް ނެގުމަށް ވަކި ދުވަސްތައް ކަނޑައަޅައި އެދުވަސްތަކުގައި ނެގުމަށް ޕްލޭންކުރަމުންދާ ކަމަށާއި އަދި ފަތްކުނީގެ އިތުރުން ބޮޑެތި ލަކުޑި އާއި ބަރުކުނި އަދި އެއްފަހަރާ އުކާލާ ގިނަ އަދަދެއްގެ ކުނި އުކާލުމަށް ޕިކަޕް ސާވިރސް ތައާރުފް ކުރެވޭނެއެވެ.

ވެމްކޯގެ ފަރާތުން މައުލޫމާތު ދެއްވަމުން ނޮދަރން އޮޕްރޭޝަންސް ގެ ޖެނެރަލް މެނޭޖަރު އަޙްމަދު ޝާފިއު ވިދާޅުވީ، ކުނި ބަންދުކޮށްފައި ހުންނަ ޖެހޭ މިންގަނޑާއި އެކަމާ ބެހޭ އެންމެހާ މައުލޫމާތު ގޭބިސީތަކާ ހަމައަށް ހިދުމަތް ފެށުމުގެ ކުރިއަށް ފޯރުކޮށްދޭނެ ކަމަށެވެ.

އަމިއްލަ ފަރާތްތަކުން ކުނި އުކާލާއިރު ގޭޓް ފީއެއް ނަގަން ހަމަޖެހިފައިވާއިރު ގޭޓް ފީ ނަގާނީ ކުނި އުކާލުމަށް ބޭނުންކުރާ އުޅަނދުގެ ރަޖިސްޓަރީގެ ޓަނޭޖަށް ރޭޓު ކުރެވިގެން ކަމަށްވެސް ވެމްކޯ އިން މައުލޫމާތުދެ އެވެ. ފުރަތަމަ ފިޔަވަހީގައި ވިޔަފާރިތަކުގައި އުފެދޭ ކުނި އުކާލާކަށް ހަމަޖެހިފައެއްނުވެ އެވެ. އެހެންނަމަވެސް، އެހިދުމަތްވެސް އަވަސް މުސްތަގުބަލެއްގައި ފަށާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯ އިން ކުޅުދުއްފުށީގެ ކުނި މެނޭޖްކުރުމުގެ ހިދުމަތް ފަށަން ތައްޔާރުވެފައިވާއިރު ސިޓީ ކައުންސިލުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަންފާހަގަކޮށް އެފަރާތަށް ޝުކުރުއަދާކުރެއްވި އެވެ.

ކުޅުދުއްފުށީގެ ކުނި މެނޭޖްކުރުމުގެ ހިދުމަތް އެންވަރަޔަމެންޓް މިނިސްޓްރީ އާއި ސިޓީ ކައުންސިލް އަދި ވެމްކޯއާއެކު އެއްބަސްވުމުގެ ސޮއިކުރީ 2023 ވަނަ އަހަރުގެ މެދުތެރޭގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355