twitterviber whatsapp telegramfacebookyoutube instagram
2nd July 2024

މެޕްސް ކޮލެޖުން ހިންގާ އެޑްވާންސް ކޯސްތަކުގައި މިހާރު އޮންލައިންކޮށް ކިޔެވޭނެ

ނަބީލާ އިސްމާޢީލް
Jun 3, 2024

މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓްފިކެޓް ލެވެލްގެ ހުރިހާ ކޯހެއްގައިވެސް އޮންލައިކޮށް ބައިވެރިވެ ކިޔެވުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް އެ ކޮލެޖުން ބުނެފިއެވެ.

މެޕްސް ކޮލެޖުން މިހާރު ހުޅުވާލެވިފައިވާ ޖުލައި މަހުގެ އިންޓޭކްގައި އެ ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓިފިކެޓް ލެވެލްގެ ހުރިހާ ކޯސްތަކެއްގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ.

އޭގެތެރޭގައި އިންފޮމޭޝަން ޓެކްނޮލޮޖީ، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އެކައުންޓިންގް، މާކެޓިންގް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮކިއޯމަންޓް ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗެއިން މެނޭޖްމަންޓް އަދި ޓުވަރިޒަމް މެނޭޖްމެންޓްގެ ކޯސްތައް ހިމެނެއެވެ.

ކާމިޔާބު ކަމާއެކު އޯލެވެލް ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ލެވެލްގެ ކޯސްތަކުގައި ބައިވެރިވެވޭނެއެވެ. ހަމައެއާއެކު 18 އަހަރު ވެފައިވާ ކޮންމެ ފަރާތަކަށް ވެސް އެއް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާއާ އެކު އެޑްވާންސްޑް ލެވެލް ކޯސްތަކުގައި ބައިވެރިވެވޭނެކަމަށް އެ ކޮލެޖުން ބުނެއެވެ.

މެޕްސް ކޮލެޖުން ހިންގާ ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ)ގެ ހުއްދައާއެކު އެ އޮތޯރިޓީއިން އެޕްރޫވް ކުރެވިގެން ހިންގާ ކޯސްތަކެކެވެ.

މެޕްސް ކޮލެޖުން ހިންގާ އެޑްވާންސްޑް ސެޓިފިކެޓް ލެވެލްގެ ކޯސްތަކުގެ މުއްދަތަކީ 12 މަސް ދުވަހެވެ. މި ކޯސްތަކުގެ ފީ 12 މަސް ދުވަހަށް ބަހާލައިގެން ލުއިފަސޭހަ ގޮތަކަށް އިންސްޓޯލްމެންޓް އުސޫލުން ދެއްކުމުގެ ފުރުސަތު އެ ކޮލެޖުން ވަނީ އިންތިޒާމްކޮށްދީފައެވެ. އެ ކޮލެޖުން ބުނީ މީގެ އެންމެ ބޮޑު އެއް ބޭނުމަކީ ދަރިވަރުންނަށް ކޯސް ފީ ދެއްކުމުގައި ވީހާވެސް ބޮޑަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

މެޕްސް ކޮލެޖުން އޮންލައިންކޮށް ހިންގާ ކޯސްތަކަކީ އާއްމުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބޭ ކޯސްތަކަކަށް ވާއިރު އެޑްވާންސްޑް ސެޓްފިކެޓްގެ ކޯސްތަކުގެ ތެރެއިން އިންފޮމޭޝަން ޓެކްނޮލޮޖީ ފަދަ ކޯސްތަކަކީ ވަރަށް ގިނަ ބަޔަކު އޮންލައިންކޮށް ކިޔެވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވާ ކޯސްތަކެއް ކަމަށް އެ ކޮލެޖުން ބުނެއެވެ.

މެޕްސް ކޮލެޖުން ފަހިކޮށްދިން މި ފުރުސަތާއެކު އަތޮޅުތެރޭގައި ދިރިއުޅޭ ވަރަށް ގިނަ ފަރާތްތަކަށް ހާއްސަކޮށް ގްރޭޑް 10 އެއް ނިންމާ ދަރިވަރުންނަށް މިއީ ވަރަށް ރަގަޅު ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހުރިހާ ފަރާތްތަކުން ވެސް އަގުހުރި ގޮތުގައި ބޭނުން ކުރުމަށް މެޕްސް ކޮލެޖުން އިލްތިމާސް ކުރެއެވެ.

މެޕްސް ކޮލެޖުގެ ޖުލައި އިންޓޭކްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.

މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ ހުރިހާ މައުލޫމާތެއް ވެސް އެ ކޮލެޖުގެ ވެބް ސައިޓް www.maps.edu.mv މެދުވެރިކޮށް ލިބިގެންދާއިރު، މަތީ ތައުލީމު އުނގެނުމުގައި ކުރިޔަށްދާންވީ ދާއިރާއެއް ހިޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް އެހީތެރިކަން ވެސް މެޕްސް ކޮލެޖުން ފޯރުކޮށްދޭނެއެވެ. މި މައުލޫމާތު މެޕްސް ކޮލެޖުގެ ނަމްބަރު 3314621 ނުވަތަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް ދަރިވަރުންނަށް ލިބޭނެ އެވެ.

އާއްމުންނަށް މަތީ ތައުލީމު ފޯރުކޮށްދިނުމުގެ ދިގު މާޒީއެއް އޮތް މެޕްސް ކޮލެޖަކީ 2019 ވަނަ އަހަރުން ފެށިގެން އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައި ދިނުމުގެ ހިދުމަތް ދެމުން އަންނަ ކޮލެޖެކެވެ.

މެޕްސް ކޮލެޖުން 1999ވަނަ އަހަރު އާއްމުންނަށް މަތީ ތައުލީމު ދިނުމުގެ ހިދުމަތް ފަށާފައިވާއިރު ކާމިޔާބު ކަމާއެކު މަތީ ތައުލީމު ފުރިހަމަކޮށްފައިވާ ގިނަ ދަރިވަރުންތަކެއް މި ކޮލެޖުން ވަނީ މުޖްތަމައަށް ނެރެދީފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355