twitterviber whatsapp telegramfacebookyoutube instagram
8th September 2024

އަހަރުތަކަކަށްފަހު ނެއްލައިދޫއަށް ފޯރިގަދަ އީދެއް

ނަބީލާ އިސްމާޢީލް
Jun 6, 2024

ހދ ނެއްލައިދޫގައި އެ ރަށު ޒުވާނުން އިސްނަގައިގެން މިއަހަރެއްގެ ބޮޑު އީދު ރައްޔިތުންގެ ބައިވެރިވުމާއެކު ކުލަގަދަކޮށް ފާހަގަކުރަން ނިންމައިފި އެވެ.

ނެއްލައިދޫ ކައުންސިލުންގެ ނައިބު ރައީސް އަހުމަދު ރަޝީދު ވިދާޅުވީ، މިއަހަރުގެ ބޮޑު އީދުގެ ހަރަކާތްތައް ފެށިގެންދާނީ އީދު ވިލޭރޭ ބާއްވާ އީދު ހުޅުން ކަމަށެވެ.

ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމާއި ކުޑަކުދިންގެ ހަވީރާއި ސްޓޭޖް ޝޯގެ އިތުރުން ސަގާފީ އީދު ކުޅިވަރުތައް މިއަހަރު ކުރިއަށްދާނެކަމަށް އޭނާ ވިދާޅުވި އެވެ.

އީދު ފުރަތަމަ ދުވަހު ހަވީރު ފަލަސްތީނުގެ ރައްޔިތުނާއެކު ނެއްލައިދޫގެ ރައްޔިތުން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން ހިނގާލުމެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފަ އެވެ.އަދި ނެއްލައިދޫގެ ބޮޑުބެރު ގުރޫޕަކާއި ޑާންސް ގުރޫޕަކާއެކު އީދު ފޯރި ޝޯ ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ދެވަނަ ދުވަހު ވާދެމުން، ރިލޭ ރޭސް، ފެތުމުގެ މުބާރާތް، ކަނބަލުންގެ އީދު ޒިޔާރަތް، އަދި 3 ވަނަ ދުވަހު ވާދެމުން، ރިލޭ ރޭސް، ސްލޯ ބައިކް ރޭސް، ކުޑަކުދިން ހަވީރުގެ އިތުރުން އެ ރޭ ބޮޑުމަސް ބޭނުން އޮންނާނެ އެވެ.

4 ވަނަ ދުވަހު ކުޅިވަރުތަކުގެ އިތުރުން ހުރިހާ ރައްޔިތުންގެ ބައިވެރިވުމާއެކު މުޅި ރަށުގެ ރައްޔިތުންނަށް މެންދުރުގެ ކެއުން ބަނދަރު ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

ރަޝީދު ވިދާޅުވީ ނެއްލައިދޫގައި މިހާ ކުލަގަދަކޮށް އީދު ކުޅިވަރު މި ކުޅެނީ އަހަރުތަކަކަށްފަހުގައި ކަމަށެވެ. މި އަހަރު އީދު ފާހަގަކުރުމަށް ރަށުގެ ހުރިހާ މުއައްސަސާތަކެއް އަދި ރައްޔިތުންގެ އެއްބާރުލުމާ އެހީތެރިކަން ލިބޭ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355