twitterviber whatsapp telegramfacebookyoutube instagram
5th July 2024

9 މުއައްސަސާއަކާއެކު އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ ޖޮބް ފެސްޓިވަލް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jun 8, 2024

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކުރިއަށްގެންދާ "އެމްއެންޔޫ ފަހި ފުރުސަތު ވަޒީފާގެ މައުރަޒު" ހުޅުވައިފި އެވެ. މިއަހަރުގެ މި ފެސްޓިވަލްގައި 9 އިދާރާއަކުން ބައިވެރިވި އެވެ.

މިއަދު ހެނދުނު އެކަމަށްޓަކާ ބޭއްވި ހާއްސަ ހަފުލާގައި މައުރަޒު ހުޅުވައިދެއްވީ މޯލްޑިވްސް އިސްލާމިކް ބޭންކްގެ މެނޭޖަރު މުހައްމަދު އިހްސާނެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްދާ މި ޖޮބް ފެސްޓިވަލް މިއަދާއި މާދަމާގެ ހަވީރުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ގައުމީ ޔުނިވާސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާ ގުޅުވާލަދޭ ބާޒާރެކެވެ

ޖޮބް ފެސްޓިވަލްގައި ބައިވެރިވާ މުއައްސަސާތައް:

  • ކުޅުދުއްފުށީ ސިޓީ ކައުންސިލް
  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
  • ބިޒްނަސް ސެންޓަރު ކޯޕަރޭޝަން
  • ދިވެހި ރެޑް ކްރެސެންޓް
  • އެމްޓީސީސީ
  • ދިވެހި ފުލުހުންގެ ހިދުމަތް
  • ސިފައިން
  • ދިރާގު
  • އުރީދޫ

މީގެ އިތުރުން އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި ކުރިއަށްގެންދާ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށާއި ކޯސްތަކަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް އެޕްލިކޭޝަނަ ހުށަހެޅުމަށް އެމްއެންޔޫގެ ސްޓޯލެއް ވަނީ ބަހައްޓާފަ އެވެ.



ޖޮބް ފެސްޓިވަލް ހުޅުވިފައިހުންނާނެ ގަޑިތައް

  • 8 ޖޫން : 09:00 - 12:00 | 16:00 - 18:00 | 20:00 - 22:00 އަށް.
  • 9 ޖޫން : 10:00 - 12:00 | 16:00 - 18:00 އަށް.

މި ފެސްޓިވަލްގެ މަގުސަދަކީ ރާއްޖޭގައި އެކިކަންކޮޅުތަކުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި އެކި މުވައްސަސާތަކުގައި ހުރި ތަފާތު އެކި ކަހަލަ އާމުދަނީ ނުވަތަ މަސައްކަތުގެ ތަޖުރިބާ ލިބޭނެ ފަދަ ފުރުސަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުސަތު ތަނަވަސްކޮށްދެވޭނެ ފަދަ މާހައުލެއް ގާއިމު ކޮށްދިނުން ކަމަށް އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރު އައިމިނަތު އަލީ ވިދާޅުވި އެވެ.

އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުސަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާހައުލެއް އުފެއްދުމާއި ރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުސަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުގުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން ހިމެނެ އެވެ.

ހުރިހާ ފަރާތްތަކަށްވެސް ހިލޭ ވަނުމުގެ ފުރުސަތު ހުޅުވާލެވިފައިވާ މި މައުރަޒުގެ މަގުސަދުތަކުގެ ތެރޭގައި ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަ ފުރުސަތެއް ޔުނިވާސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާހައުލެއް އުފެއްދުންވެސް ހިމެނޭކަމަށް އައިމިނަތު ވިދާޅުވި އެވެ.

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި މިއަހަރު 45 ކޯހެއް

އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގައި މިއަހަރު 45 ކޯހެއް
އައިމިނަތު ވިދާޅުވީ، މިއަހަރު އެ ކެމްޕަހުގައި އެކި ދާއިރާތަކުގެ 45 ކޯހެއް ކިޔެވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އޭގެ ތެރޭގައި މެދުކެނޑުމަށްފަހު ފަށާ، ހޮސްޕިޓާލިޓީގެ ދާއިރާގެ ކޯހަކާއި ޕްރައިމަރީގެ ހެލްތް ކެއާގެ ބައެއް ކޯސްތަކަށް ހުޅުވާލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. އައިމިނަތު ވިދާޅުވީ، އަމާޒަކީ އެކި ދާއިރާތަކުގެ ކޯސްތަކަށް ކިޔަވައިދިނުން ފެށުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355