twitterviber whatsapp telegramfacebookyoutube instagram
27th July 2024

ކޮރަލްސް އީދު ކުޅިވަރު: ވާދެމުމާއި ފައިގަތަޅާ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jun 9, 2024

މިއަހަރުވެސް އަޟްހާ އީދުގައި ކުޅުދުއްފުށިގައި ކުލަބް ކޮރަލްސްއިން ބާއްވަމުންއަންނަ ވާދެމުމާއި ފައިގަ ތަޅާ މުބާރާތް ބާއްވަން ނިންމާ ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

"ކޮރަލްސް ފައިގަތަޅާ" އަދި ކޮރަލްސް ވާދެމު" ނަމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މިމުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ އީދު ތެރޭގަ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން މި އިވެންޓްގެ ކޯޑިނޭޓަރ އަހުމަދު ނައީމް ބުނީ މުބާރާތުގައި ބައިވެރިވުމަށް މި މަހު 6ގައި ހުޅުވާލާފައިވާއިރު މުބާރާތުގައި ބައިވެރިވެވޭނީ އޮންލައިންކޮށް ފޯމެއް ފުރައިގެން ކަމަށެވެ. މި 2 މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ ބުދަ (12 ޖޫން) ވަނަ ދުވަހުގެ 18:00ގެ ކުރިން ކަމަށެވެ.

ފައިގަ ތަޅާ މުބާރާތުގައި 2 އޮފިސަލުންނާއި 10 ކުޅުންތެރިން ހިމެނޭހެން 12 ކުޅުންތެރިންގެ ޓީމެއް ހަދައިގެން ބައިވެރިވެވޭ މި މުބާރާތަކީ އަންހެން އަދި ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ފައިގަ ތަޅާ މުބާރާތުގައި ހޮވާ ވަނަތަށް:

ޗެމްޕިއަން ޓީމް
ރަނަރަޕް ޓީމް
ފައިގަތަޅާ ރަސްގެފާނު
ފައިގަތަޅާ ރާނީ

މީގެ އިތުރުން ކޮރަލްސް ވާދެމުން މުބާރާތަކީވެސް 2 އޮފިސަލުންނާއި 13 ކުޅުންތެރިން ހިމެނޭހެން 15 ކުޅުންތެރިންގެ ޓީމެއް ހަދައިގެން ބައިވެރިވެވޭ މުބާރާތެކެވެ. މި މުބާރާތަކީވެސް އަންހެން އަދި ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

ވާދެމުމުގެ މުބާރާތުގައި ހޮވާ ވަނަތަށް:

ޗެމްޕިއަން ޓީމް
ރަނަރަޕް ޓީމް
އެންމެ މޮޅު ކޯޗު

މި ދެ މުބާރާތަކީވެސް މުޅި ރަށަށް ހުޅުވާލައިގެން ކޮންމެ އުމުރެއްގެ މީހަކަށްވެސް ބައިވެރިވެވޭގޮތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މިމުބާރާތައް ކުރިއަށްދާނީ ކުޅުދުއްފުށީ ހިއްކި ބިން ސަރަހައްދުގަ އެވެ.

މި ދެ މުބާރާތުގައިވެސް ބައިވެރިވާ ޓީމްތަކަށް ބަލާފައި އެހެން ކުޅިވަރުތަކަށް ބުރޫ ނާރާނެހެން އީދުގެ އެކި ދުވަސްތަކަށް ބަހާލައިގެން މުބާރާތް ކުރިއަށް ގެންދާނެ ކަމަށާއި މުބާރާތުގެ ހާއްސަ ވަނަތައް ހޮވާނެ ކަމަށް އަހުމަދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355