twitterviber whatsapp telegramfacebookyoutube instagram
10th November 2026

ކުޅުދުއްފުށީ ގޭބިސީތަކުން މާދަމާއިން ފެށިގެން ކުނިނަގަން ފަށަނީ

ނަބީލާ އިސްމާޢީލް
Jun 10, 2024
2

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ފަރާތުން ކުޅުދުއްފުށީ ގޭގެއިން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީކޮށްފައިވާ ގޭގެއިން 11 ޖޫން 14:00 އިން ފެށިގެން ކުނިނަގަން ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ގޭގެއިން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީވުމަށް ސިޓީ ކައުންސިލުން ހުޅުވާލީ މިދިޔަ މާޗު މަހުގެ ތެރޭގަ އެވެ. ކައުންސިލުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ މި ހިދުމަތަށް އެދި ރަޖިސްޓްރީވުމަށް މިހާރުވެސް ގޫގުލް ފޯމް ފުރޭނެ ކަމަށެވެ.

އެކައުންސިލުން ބުނީ ކުނިނަގަން ފަށާނީ މާދަމާގެ 14:00ގައި ކަމަށާއި އެގަޑީގެ ފަހުން ކުނިތައް ކޮތަޅަށް އަޅާ ދިޔަ ނުފައިބާނޭހެން ބަންދުކޮށް އެއްތާކު ބަހައްޓަންވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293