twitterviber whatsapp telegramfacebookyoutube instagram
25th March 2026

ކުޅިވަރުތައް ކުރިއަރުވަން ފަންޑެއް މުހިންމު، ފަންޑު އެކުލަވާލުން ކުރިއަށް

ނަބީލާ އިސްމާޢީލް
Jun 24, 2024

ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް ފަންޑެއްގެ މުހިއްމުކަމަށާއި އެ ފަންޑު އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ ޕީއެސްއެމް ނިއުސްއަށް ދިން އިންޓަވިއުއެއްގައި މިނިސްޓަރު ރާފިއު ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ކުރިއަރުވަން މިވަގުތު ފަންޑެއްގެ މުހިއްމުކަން ބޮޑު ކަމަށެވެ.

ސްޕޯޓްސް ފަންޑުގެ މުހިއްމުކަން އިތުރުވެގެން ދަނީ އެތުލީޓުންގެ ތަމްރީން ޕްރޮގްރާމްތައް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ކަމަށާއި މިހާރު ކުރިއަށްގެންދާ އަރުތަ ޕްރޮގްރާމު ހަރުދަނާވާން ޖެހޭ ކަމަށާއި ސްޕޯޓްސް ފަންޑް އެކުލަވާލުމާއެކު އެތުލީޓުންގެ ތަމްރީން ސްކޮލާޝިޕްތައް އޭގެ ދަށަށް ގެނެވޭނެކަން ރާފިއު ވަނީ ފާހަގަކޮށްފައެވެ.

މިނިސްޓަރު ވިދާޅުވީ ފަންޑުން ހަރަދުކުރާނީ ވީހާވެސް ދެފުށްފެންނަ ގޮތަކަށް ކަމަށާއި ކުޅިވަރު ކުރިއެރުވުމުގެ އެކި ކަންކަމަށް ފަންޑު ބޭނުން ކުރެވިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355