twitterviber whatsapp telegramfacebookyoutube instagram
1st July 2024

މެޕްސް ކޮލެޖުން މުޅިން އާ 3 މާސްޓަރސް ކޯސް ތައާރަފްކޮށްފި

Jun 26, 2024

މެޕްސް ކޮލެޖުން މުޅިން އައު 3 މާސްޓަރސް ކޯސް ތަޢާރަފްކޮށްފި

މެޕްސް ކޮލެޖުގެ ފަރާތުން މުޅިން އައު 3 މާސްޓަރސް ކޯސް ތަޢާރަފްކޮށްފިއެވެ. އެއީ މާސްޓަރސް އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ)، މާސްޓަރސް އިން ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި މާސްޓަރސް އިން ޕްރޮޖެކްޓް މެނޭޖްމަންޓެވެ.

މިކޯސްތައް ތައާރަފް ކުރުމަށްޓަކައި މެޕްސް ކޮލެޖުގައި މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ ފާތިމަތު ރަޝީދު ވިދާޅުވި ގޮތުގައި މި ތިން ކޯހަކީ ވެސް ގިނަ ދަރިވަރުންގެ އެދުމުގެ މަތިން ތައާރަފްކުރި ކޯސްތަކެކެވެ. ހާއްސަކޮށް އޮންލައިންކޮށް ކިޔަވަން ބޭނުންވެފައި ތިބި ދަރިވަރުންގެ އުންމީދު ތަކުގައި ކުލަ ޖެހިގެންދާނެ ކޯސްތަކެއް ކަމުގައި ވިދާޅުވިއެވެ.

އަލަށް ތައާރަފް ކުރެވުނު މާސްޓަރސް ކޯސްތަކުގެ ސަބަބުން ވާދަވެރި ވަޒީފާގެ މާހައުލުގައި އިތުރު ކުރިއެރުން ހޯދަން ބޭނުންވާ ފަރާތްތަކަށް ހެޔޮ އަގެއްގައި މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތު ދެއެވެ. ހާއްސަކޮށް މިއީ ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް އަދި ޕްރޮޖެކްޓް މެނޭޖްމަންޓް ފަދަ ދާއިރާ ތަކުގައި މަސައްކަތް ކުރާ ފަރާތްތަކަށް ލިބޭ ވަރަށް ރަގަޅު ފުރުސަތެއް ކަމަށާއި، މާލޭގެ އިތުރުން އަތޮޅު ތެރޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ވެސް އެއްވެސް ހުރަހެއް ނެތި ފަސޭހަ ކަމާއެކު މާސްޓަރސް ލެވެލް ކޯހެއް ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެއެވެ.

އަލަށް ފެށި މާސްޓަރސް ލެވެލްގެ ހުރިހާ ކޯސްތަކުގެ ކިޔެވުން މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 22ވަނަ ދުވަހު ފަށަން ނިންމާފައި ވާއިރު މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެއެވެ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ޤަބޫލުކުރާ ބެޗެލަރސް ޑިގްރީ (އެމް.އެން.ކިއު.އެފް) ލެވެލް 7 ނިންމާފައިވާ ކޮންމެ ދަރިވަރަކަށް ވެސް މި މާސްޓަރސް ކޯސް ތަކުގައި ބައިވެރިވެވޭނެއެވެ.

މީގެއިތުރުން (އެމް.އެން.ކިއު.އެފް) ލެވެލްގެ 5 އަދި 6 ނިންމާފައިވާ ފަރާތްތަކަށް ވެސް ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ އަލީގައި އޯލްޓަނޭޓިވް އެންޓްރީ ކްރައިޓީރިއާގެ ދަށުން މި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަލަށް ތައާރަފް ކުރެވުނު އައު 3 މާސްޓަރސް ކޯހުގެ މުއްދަތަކީ 12 މަސް ދުވަހެވެ. މުޅި އެކު 15 މަސް ދުވަހުގެ މުއްދަތަކަށް ބަހާލައިގެން އިންސްޓޯލްމަންޓް އުސޫލުން މި ކޯހަށް ފީ ދެއްކުމުގެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް މެޕްސް ކޮލެޖުން މައުލޫމާތުދެއެވެ.

މެޕްސްކޮލެޖްއިން ހިންގާ އިތުރު ކޯސްތަކުގެ ތެރޭގައި ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލަރސް ޑިގްރީ ލެވެލްގެ ތަފާތު އެކި ދާއިރާތައް ހިމެނެއެވެ.

އޭގެތެރޭގައި އެކައުންޓިންގް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް،ސަޕްލައި ޗެއިން މެނޭޖްމަންޓް، ޓުވަރިޒަމް މެނޭޖްމަންޓް އަދި އައިޓީގެ ކޯސްތައް ހިމެނެއެވެ. ހަމައެއާއެކު އިންޓަނޭޝަނަލް ކޯސްތައް ކަމަށްވާ އެސޯސިއޭޝަން އޮފް ޗަރޓަޑް ސަރޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓާސް ކޯސްތައް ވެސް ހިމެނެއެވެ.

މެޕްސް ކޮލެޖަކީ މަތީ ތައުލީމުގެ ދާއިރާއިން ރާއްޖޭގައި ޚިދުމަތް ފޯރުކޮށްދެމުން އަންނަ އެންމެ ދުވަސްވީ އެއް ކޮލެޖެވެ. ތައުލީމީ ޚިދުމަތް އާއްމުންނަށް ފޯރުކޮށް ދިނުމުގެ ދިގު ތާރީޚެއް އޮތް މެޕްސް ކޮލެޖުން އަންނަނީ 2019ވަނަ އަހަރުން ފެށިގެން ކާމިޔާބު ކަމާއެކު އޮންލައިންކޮށް ކޯސްތައް ހިންގަމުންނެވެ.

މެޕްސް ކޮލެޖުން ހިންގަމުން އަންނަ ކޯސްތަކާއި ބެހޭ އިތުރު މަޢުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ހޯދާލެވޭނެއެވެ. ހަމައެއާއެކު ކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުން ވެސް ކޯސްތަކާބެހޭ އިތުރު މައުލޫމާތު ފޯރުކޮށް ދެވޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355