twitterviber whatsapp telegramfacebookyoutube instagram
5th April 2026

ފެލިވަރުގައި ގާއިމްކުރާ 100 ޓަނުގެ ކޭނަރީ ޑިޒައިން ކުރުމުގެ މަސައްކަތް ފަށައިފި

Jun 29, 2024

ފެލިވަރުގައި ގާއިމް ކުރާ ކޭނަރީ ޑިޒައިން ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) އިން ބުނެފިއެވެ.

މިފްކޯގައި ގާއިމްކުރުމަށް ހަމަޖެހިފައިވަނީ 100 ޓަނުގެ ކޭނަރީއެކެވެ. މި ކޭނަރީ އަޅާ ކުންފުނިން ފެލިވަރަށް ޒިޔާރަތްކޮށް އެތަން އަޅަންޖެހޭ ސަރަހައްދު ބަލާ ދިރާސާ ކޮށްފައިވާކަމަށް މިފްކޯއިން ބުނެއެވެ.

އޭގެ އިތުރުން މި ކޭނަރީ ގާއިމް ކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ކުންފުންޏަކަށް ކަމަށާއި އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކޮށްފައިވާ އަގަކީ 40 މިލިއަން ޑޮލަރު ކަމަށް މިފްކޯއިން ބުނެއެވެ.

މީގެ އިތުރުން މި މަސައްކަތް 2026 ގެ ނިޔަލަށް ނިންމުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށާއި މި މަސައްކަތް ނިމުމުން އެއްފަހަރާ 150 ޓަނުގެ މަސް ޕްރޮސެސްކުރެވޭނެކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ފެލިވަރުގައި މިހާރު ބޭނުންކުރަމުން އަންނަ ކޭނަރީއަކީ މީގެ 40ހަކަށް އަހަރު ކުރިން އަޅާފައިވާތަނަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355