twitterviber whatsapp telegramfacebookyoutube instagram
5th July 2024

މަސްވެރިންނަށް ދޭން ޖެހޭ 53 މިލިއަން ރުފިޔާ ދޫކުރަން ފަށައިފި

Jul 1, 2024

މިދިޔަ ބުރާސްފަތީގެ ނިޔަލަށް މަސްވެރިންނަށް ދައްކަންޖެހޭ 53 މިލިޔަން ރުފިޔާ މިހާރު ޖަމާކުރަން ފަށާފައިވާކަމަށް މިފްކޯއިން ބުނެފިއެވެ.

މިފްކޯއިން ވަނީ އެ ފައިސާ 1 ޖުލައިން ފެށިގެން ޖަމާކުރަމުންދާނެކަމުގެ ޔަގީންކަން މަސްވެރިންނަށް ދީފައެވެ.

މަސްވެރިންގެ އަތުން މަސްގަނެ، ފައިސާ ދިނުން ލަސްވާ މައްސަލަ ހައްލުކުރުމަށް އެ ކުންފުނިން ވަނީ މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމާ އަދި އޭގެތެރެއިން ބައެއް ކަންކަން ތަންފީޒުކުރަން ފަށާފައެވެ.

މިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުންނާއި، މަސްވެރިންގެ އަތުން ގަންނަ މަހަށް ދޭންޖެހޭ ފައިސާ ގަވާއިދުން ދެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށްޓަކައި 1 ޖުލައިއިން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސް ގަންނަމުންދާނީ ބައިނަލްއަގުވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ޚަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ކަނޑައަޅާ އަގުގައިކަން އެ ކުންފުނިން ވަނީ ކަނޑައަޅާފައެވެ.

މިއަގު ކޮންމެ ހަފްތާއަކު އާއްމުކޮށް އިއުލާނުކުރާގޮތަށް ވަނީ ނިންމާފައެވެ. އެގޮތުން މި ހަފުތާގައި އައިސް އަޅާފައިވާ 1.5 ކިލޯއިން މަތީގެ ކަނޑުމަހާއި ކަންނެލި ގަންނާނީ 16 ރުފިޔާއަށެވެ. އަދި އައިސް ނާޅާ ކަނޑުމަހާއި ކަންނެލި ގަންނާނީ 14 ރުފިޔާއަށް ކަމަށް އެކުންފުނިން ބުނެއެވެ.

މިފްކޯއިން ބުނީ އެ ކުންފުނީގެ އެފިޝަންސީ އިތުރުކޮށް، އާމްދަނީ އިތުރުކުރެވޭނެ އިތުރު ގޮތްތައް ބަލައި، ޚަރަދުތައް ކުޑަކުރުމަށް ހަރުދަނާ ފިޔަވަޅުތައް ސަރުކާރުގެ ކަމާއި ގުޅޭ ވުޒާރާތަކާ ގުޅިގެން އަޅަމުންދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355