twitterviber whatsapp telegramfacebookyoutube instagram
18th October 2024

މެޕްސް ކޮލެޖުގެ ޖުލައި އިންޓޭކްގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Jul 10, 2024

މެޕްސް ކޮލެޖުން މިޖުލައި މަހުން ހިންގަން ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ 18ވަނަ ދުވަހާ ހަމައަށް އިތުރު ކޮށްފި އެވެ.

ޖުލައި އިންޓޭކްގައި އެ ކޮލެޖުގެ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީގެ ލެވެލްގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އޭގެތެރޭގައި، ބިޒްނަސް އެޑްމިނިސްޓްރޭޝަން، ހިއުމަން ރިސޯސް މެނޭޖްމަންޓް، މާކެޓިންގ މެނޭޖްމަންޓް، ޓްރެވަލް އެންޑް ޓޫރިޒަމް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ޕްރޮކިއުމަންޓް، ލޮޖިސްޓިކްސް އެންޑް ސަޕްލައި ޗޭން މެނޭޖްމަންޓް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ކޯސްތައް ހިމެނެއެވެ.

ކުރިން ހަމަޖެހިފައިވާ ގޮތުން ޖުލައި 2024ގެ އިންޓޭކްއަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި ޖުލައި މަހުގެ ހަތް ވަނަ ދުވަހެވެ.

ނަމަވެސް ކޯސްތަކުގެ މައުލޫމާތު ހޯދާ ފަރާތްތަކާ އެކު ކޯސްތަކުގައި ބައިވެރިވުމަށް ގިނަ ބަޔަކު ޝައުގުވެރިކަން ފާޅުކުރަމުން ދާތީ ވީހާވެސް ގިނަ ބަޔަކަށް ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައި ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އިތުރުކުރުމަށް މެޕްސް ކޮލެޖުގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

މެޕްސް ކޮލެޖުން ހިންގާ ބެޗެލާސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ ވެސް، ސަރުކާރުން ހިލޭ ޑިގްރީއަށް ކިޔަވައިދިނުމަށް ހުޅުވާލާފައިވާ "ބެޗެލަރސް ޑިގްރީ ގްރާންޓް ސްކީމް"ގެ ދަށުން ކިޔެވޭނެ ކޯސްތަކެވެ. ހަމައެއާއެކު މިކޯސްތައް ބައްޓަން ކުރެވިފައި ވަނީ މަހުން މަހަށް ބަހާލައިގެން ކޯސް ފީ ދެއްކޭނެ އިންތިޒާމެއްގެ ދަށުންނެވެ. މެޕްސް ކޮލެޖުން ހިންގާ ސެޓްފިކެޓް ލެވެލްއިން ފެށިގެން ބެޗެލާސް ޑިގްރީގެ ހުރިހާ ކޯސްތަކަކީ އޮންލައިންކޮށް އަދި ކޮލެޖަށް ހާޒިރުވެގެން ދަރިވަރުންނަށް ކިޔެވޭނެ ގޮތަކަށް ބައްޓަން ކުރެވިފައިވާ ކޯސްތަކެކެވެ. އަދި މި ހުރިހާ ކޯސްތަކަކީ ވެސް މޯލްޑިވްސް ކޮލިފިކޭޝަން އޮތީރިޓީގެ ހުއްދައާ އެކު ހިންގޭ ކޯސްތަކެކެވެ.

މި ކޯސްތަކުގެ އިތުރުން މެޕްސް ކޮލެޖުން ހިންގާ އިންޓަނޭޝަނަލް ކޯސްތަކުގެތެރޭގައި އެސޯސިއޭޝަން އޮފް ޗާޓަޑް ސަޓިފައިޑް އެކައުންޓެންޓްސް (އޭ.ސީ.ސީ.އޭ) އަދި ޔުނިވަސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ މާސްޓަރސް ކޯސްތައް ވެސް ހިމެނެއެވެ. މީގެއިތުރުން މެޕްސް ކޮލެޖުން ދާދި ފަހުން ވަނީ މުޅިން އާ މާސްޓާސް ކޯސްތަކެއް ތައާރަފްކޮށްފައެވެ.

އަލަށް ތައާރަފް ކުރެވުނު މާސްޓާސް ކޯސްތަކަކީ އޮންލައިންކޮށް އަދި ކޮލެޖަށް ހާޒިރުވެގެން ކިޔެވޭނެ ކޯސްތަކެކެވެ. މި ކޯސްތަކުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ ސެޕްޓެމްބަރ މަހުގެ 12ވަނަ ދުވަހެވެ.

އޮންލައިންކޮށް މަތީ ތައުލީމު އުނގަންނައިދިނުމުގެ ހިދުމަތް ދެމުން އަންނަ މެޕްސްކޮލެޖްގެ އޮންލައިން ކޯސްތަކުގެ ހިދުމަތަކީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައި ދިރިއުޅެމުން ވެސް ފެންވަރު ރަނގަޅު ތައުލީމީ ހަޔާތެއް ބައްޓަން ކުރަން ބޭނުންވާ ފަރާތްތަކަށް ލިބޭނެ ރަނުގެ ފުރުސަތެކެވެ.

މެޕްސް ކޮލެޖުން ހިންގާ ކޯސްތަކާ ބެހޭ މައުލޫމާތު މެޕްސް ކޮލެޖުގެ ވެބްސައިޓް www.maps.edu.mv އިން ލިބޭނެ އެވެ. އަދި ކޯސްތަކާއިބެހޭ އިތުރު މައުލޫމާތު އެކޮލެޖްގެ ނަމްބަރު 3314621 އަށް ގުޅާލުމުންވެސް ލިބޭނެ އެވެ.

މެޕްސް ކޮލެޖަކީ 1999ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދެމުން އަންނަ، ރާއްޖޭގެ އެންމެ ދުވަސްވީ އެއްކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355