twitterviber whatsapp telegramfacebookyoutube instagram
21st September 2026

ޖުވާ ކުޅޭ ސައިޓްތައް ބްލޮކް ކުރަން ފަށައިފި

ނަބީލާ އިސްމާޢީލް
Jul 10, 2024

އޮންލައިންކޮށް ޖުވާ ކުޅެން ނުވަތަ ބެޓްކުރަން ބޭނުންކުރާ ވެބްސައިޓްތައް ރާއްޖޭގައި ބްލޮކް ކުރަން ފަށައިފި އެވެ.

ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) ޗީފް އެގްޒެކެޓިވް އިޔްލާސް އަހްމަދު މިއަދު ބައެއް އޮންލައިން ނޫސްތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޖުވާ ކުޅެން ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ވެބްސައިޓްތަކެއް ފުލުހުންގެ އެންގުމަށް މިހާރު ބްލޮކް ކޮށްފައިވާ ކަމަށެވެ.

ނަމަވެސް ބްލޮކް ކުރީ ކިތައް ވެބްސައިޓް ކަމެއް އޭނާ ވިދާޅެއް ނުވާކަމަށް އެ ހަބަރުތަކުން ހާމަކުރެ އެވެ.

ޖުވާ ކުޅޭ ސައިޓްތައް ބޭނުންކުރާ މިންވަރު މިފަހުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އަދި ޓެލެގްރާމާއި ސޯޝަލް މީޑިއާގެ އެހެން ޕްލެޓްފޯމްތައް މެދުވެރިކޮށް ޖުވާ ކުޅޭ ވެބްސައިޓްތައް ޕްރޮމޯޓް ކުރުން ވެސް ވަނީ އާންމުވެފަ އެވެ.

މިފަދަ ސައިޓްތައް ބްލޮކް ކުރަން ފެށި އިރު، މިދިޔަ އަހަރު ފަހުކޮޅު ބަރަހަނާ ވެބްސައިޓް ވެސް ރާއްޖޭގައި ބްލޮކް ކުރަން ވަނީ ފަށައިފަ އެވެ.

ބެޓް ކޮށްގެން ގޭމް ކުޅުން ނުވަތަ ޖުވާކުޅުމަކީ ދީނީ ގޮތުން ވެސް ހަރާމް ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293