twitterviber whatsapp telegramfacebookyoutube instagram
19th September 2024

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރެވޭނެ ޕޯޓަލެއް ތައާރަފްކޮށްފި

ނަބީލާ އިސްމާޢީލް
Jul 18, 2024

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓް ކުރުމަށް އޮންލައިން ޕްލެޓްފޯމް "އިމިގްރޭޝަން ވޮޗް" ލޯންޗުކޮށްފިއެވެ.

އިމިގްރޭޝަނުން ރާއްޖޭގައި ގަވައިދާއި ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީނާއި އިމިގްރޭޝަނާ ގުޅުން ހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ކަމުގައިވާ “އިމިގްރޭޝަން ވޮޗް” ތައާރަފް ކޮށްފިއެވެ.

އިމިގްރޭޝަނުން އިއްޔެ ނޫސްވެރިންނަށް ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ކޮންޓްރޯލާރ ޖެނެރަލް އޮފް އިމިގްރޭޝަން، މުހައްމަދު ޝަމްއާން ވަހީދު ވިދާޅުވީ، ބިދޭސީން ހިންގާ ވިޔަފާރީ ތަކަށް ހާއްސަކޮށްގެން މިހާރު ފަށާފައިވާ އޮޕަރޭޝަން ތަކަށް އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި ގިނަ ބިދޭސީންނާއި ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާ ފަދަ ޕްލެޓްފޯމްތައް މެދުވެރިކޮށް ހިއްސާކުރަމުންދާކަމަށެވެ. އަދި “އިމިގްރޭޝަން ވޮޗް” ތައަރަފްކުރުމުގެ ސަބަބުން އެންމެންނަށް އެއް ޕްލެޓްފޯމެއްގެ ދަށުން މައްސަލަތައް ރިޕޯޓުކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް ވެސް ސަމްއާން ވަނީ ވިދާޅުވެފައެވެ.

ސަމްއާން ވިދާޅުވީ، މި ހިދުމަތް ތައާރަފް ކުރުމުގެ މަގްސަދަކީ ރައްކާތެރިކަން އިތުރުކޮށް، އިމިގްރޭޝަންގެ ގާނޫނުތައް ދެމެހެއްޓުމަށް އަޅާ މުހިންމު ފިޔަވަޅޭއްގެ ގޮތުން، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައާއި، އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރާ ބިދޭސީން ދެނެގަތުމާއި، އަދި އިމިގްރޭޝަނާއި ގުޅުން ހުރި އެހެނިހެން މައްސަލަތަކުގައި ޝާމިލްވާ ބިދޭސީން ރިޕޯޓުކުރުމުގައި މިހާރަށް ވުރެން ލުއިފަސޭހަ ގޮތެއް ހޯދައިދިނުން ކަމުގައެވެ.

“އިމިގްރޭޝަން ވޮޗް”ގެ ޒަރިއްޔާއިން ރިޕޯޓު ކުރާ ފަރާތްތަކާއި ރިޕޯޓުކުރާ މައްސަލއިގެ ސިއްރިއްޔާތު ދެމެހެއްޓޭނެ ކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި މައުލޫމާތު ފޯރުކޮށްދޭ ފަރާތުންވެސް އެ ފަރާތުގެ މައުލޫމާތު ހާމަކުރަން ބޭނުންނުވާ ހާލަތެއްގައި އެގޮތަށްވެސް ރިޕޯޓުކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. އަދި އާއްމުން އެ ޕްލެތްފޯމް މެދުވެރިކޮށް ހިއްސާކުރަާ މައުލޫމާތުން ބޮޑެތި ކުށްތައް ހުއެްޓުވުމުގެ ފުރުސަތު ލިބިގެން ދާނެކަމަށްވެސް އިމިގްރޭޝަނުން ވަނީ ފާހަގަ ކުރައްވާފައެވެ. އަދި މީގެއިތުރުން އިމިގްރޭޝަނުން ބުނީ، އެގޮތަށް ދެވޭ ޕަފްސީލީ މައުލޫމާތުތަކުގެ ސަބަބުން، ބޮޑެތި ކުށްކުރާ ފަރާތްތައް ދެނެގަނެ މިފަދަ މައްސަލަތައް އަވަހަށް ބެލުމުގެ އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށެވެ.

އިމިގްރޭޝަން ވޮޗްގެ ހިދުމަތް 24 ގަޑިއިރު އޮންނަލައިންކޮށް Imuga.immigration.gov.mv މެދުވެރިކޮށް ލިބޭނެއެވެ.

އެ ވެބްސައިޓަށް ވަނުމަށް ފަހު “އިމިގްރޭޝަން ވޮޗް” ހިޔާރުކުރެއްވުމަށްފަހު، މައްސަލައިގެ ތަފްސީލާއި އެކު ފޮޓޯ ވެސް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތު ދެއެވެ. އިމިގްރޭޝަންގެ މަގްސަދަކީ، ގާނޫނީ އުސޫލުތައް ދެމެހެއްޓުމާއި، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރުގައި ރައްޔިތުންނާއި ގުޅިގެން މަސައްކަތް ކުރުން ކަމުގައި އިމިގްރޭޗަނުން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355