twitterviber whatsapp telegramfacebookyoutube instagram
18th October 2024

ވެމްކޯގެ ހިދުމަތްތައް ރަސްމީކޮށް ކުޅުދުއްފުށީގައި އިފްތިތާހްކޮށްފި

އަބްދުލް ވާހިދު ޙަސަން
Jul 18, 2024

ރާއްޖޭގެ ހުރިހާ ރަށްތަކަށް ވެމްކޯގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން ކުޅުދުއްފުށީގައިވެސް ވެމްކޯގެ ހިދުމަތްތައް ރަސްމީކޮށްއިފްތިތާހްކޮށްފި އެވެ.

އެގޮތުން މި ހަފްލާ ރަސްމީކޮށް އިފްތިތާހް މިއަދު އަފީފުއްދީން ސްކޫލްގެ ހޯލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތަކުންނެވެ. މި ރަސްމިއްޔާތުގައި ހާއްސަ މެހެމާނެއްގެ ގޮތުގައި، ރައްޔިތުންގެ މަޖްލީހުގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ ބައިވެރިވަޑައިގަތެވެ. އަދި މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާގެ ވަޒީރު ތޯރިޤް އިބްރާހިމް އާއި މޭޔަރު މުހައްމަދު އާތިފް ބައިވެރިވެވަޑައިގެންނެވި އެވެ.

މީގެ އިތުރުން ވެމްކޯ އެމްޑީ އާއި ޑީއެމްޑީ އަދި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދާއި، އެހެނިހެން ދާއިރާތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.

ކުޅުދުއްފުށީ ވެމްކޯގެ ހިދުމަތްތައް ފަށާފައިވަނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެންނެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.

ހަމައެހެންމެ، އަމިއްލަ ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނިއުކައި ދިނުމުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.16ރ، ގޭބިސީތަކުން 150ރ، ސަރުކާރު އޮފީސްތަކުން ލީޓަރަކަށް 1.27ރ، އަދި ކޮމާޝަލް ގޭޓްފީގެ ގޮތުން ޓަނޭޖަކަށް 2660ރ، ގެ ރޭޓުން ހިދުމަތްތަކަށް އަގުކުރެވިގެންދާނެއެވެ.

ގޭޓްފީއެއްގެ ގޮތުގައި ކަނޑައެޅިފައިވާ އަގުތަކަށް، އަގުކުރެވޭންފަށާނީ 01 އޯގަސްޓް 2024 އިން ފެށިގެންކަމަށް ވެމްކޯ އިން ބުންޏެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ގަވާއިދު (2013/ (R-58 ގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި، ބިއްލޫރި މައުދަން އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ މި ކޯޕަރޭޝަނުން އުކާލާ ކުންޏާ ހަވާލުވުމަށް އުޒުރުވެރިވާނެއެވެ.

ކުރިއަށް ހުރި ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ހިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ހިދުމަތްވެސް ކުޅުދުއްފުއްޓަށް ތައާރަފު ކުރެވިގެންދާނެ އެވެ. މީގެއިތުރުން، ވިޔަފާރީތަކުން ކުނި ނެގުމުގެ އެންމެ ފަހުގެ ތައްޔާރީތަކާއި އެކި، ވިޔަފާރީތަކުންވެސް ހިދުމަތް އަވަސް މުއްދަތެއްގެ ތެރޭގައި ލިބިގެންދާނެކަން ވެމްކޯއިން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355