twitterviber whatsapp telegramfacebookyoutube instagram
18th October 2024

އަފީފުއްދީން ސްކޫލްގެ އެންމެ މޮޅު ދަރިވަރަކަށް މަންހާ

އަބްދުލް ވާހިދު ޙަސަން
Jul 26, 2024

އަފީފުއްދީން ސްކޫލްގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަގާމު މަރިޔަމް މަންހާ ޔޫނުސް ހޯދައިފި އެވެ. އެ ސްކޫލުގައި ރޭ ބޭއްވި 2022-2023 ވަނަ ދިރާސީ އަހަރުގެ އިނާމުދިނުމުގެ ރަސްމިއްޔާ ޝަރަފްވެރިކޮށްދެއްވީ ސިވިލް ސާރވިސް ކޮމިޝަނުގެ މެންބަރު ފާތިމަތު ޝަރީފެވެ.

މަންހާ ހޯދި ކާމިޔާބީތަކަށް ބަލާއިރު އޭނާ ވަނީ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދުމުގެ އިތުރުން ސާނަވީ ނިންމާ އިމްތިހާނުތަކުން ރާއްޖޭން ތިންވަނަ ހޯދާފަ އެވެ.

2022-2023 ވަނަ އަހަރު ގައުމީ ގަދަ ދިހައެއްގައި ހިމެނުނު އަފީފުއްދީންގެ ދަރިވަރުން:

- 2 ވަނަ | މުހައްމަދު އާޔަން އިސްމާއިލް

- 3 ވަނަ | އައިމިނަތު ލަމްހާ

- 3 ވަނަ | މަރިޔަމް މަންހާ ޔޫނުސް

- 8 ވަނަ | ޝައިހާ ހަސަން އަލީ

- 8 ވަނަ | މުހައްމަދު ޒަޔާން އަބުދުލް ލަތީފް

- 10 ވަނަ | މުހައްމަދު ލަހްފާން ލުތުފީ

- 10 ވަނަ | މަރިޔަމް މަލަކް ބިން އަސްލަމް

- 10 ވަނަ | މުހައްމަދު އަބާން އަބުދުﷲ ރަޝީދު

- 10 ވަނަ | އައިޝާ އަބުދުލް ރަޝީދު

- 10 ވަނަ | ފާތިމަތު ސުމާ އުމަރު

ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންނަށް އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ޝަރަފްވެރި މެހެމާނާގެ އިތުރުން ދިރާގު ކުޅުދުއްފުށީ އޮޕަރޭޝަން ސެންޓަރުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު އަލީ، މެޖިސްޓްރޭޓް މުހައްމަދު އިސްމާއިލް، ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް އައިމިނަތު މުހައްމަދު އެވެ.

އަދި މީގެ އިތުރުން ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ އާއި ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދާއި ގައުމީ ޔުނިވާސިޓީގެ އެސޯސިއޭޓް ލެކުޗަރަރ ޑރ މުހައްމަދު އުމަރު ހާއްސަ މަގާމްތަކަށް ދިޔަ ދަރިވަރުންނަށް އިނާމު ހަވާލުކޮށްދިނެވެ. ކުލަގަދަ ރަސްމިއްޔަތަކާއެކު ކުރިއަށްދިޔަ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ދަރިވަރުންގެ ހުނަރު ދައްކާލުމުގެ ތަފާތު ހަރަކާތްތައް ފެނިގެންދިޔަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355