ވެމްކޯ ކުޅުދުއްފުށީ އޮފީހުގެ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފި އެވެ. އެ މަގާމަށް ހަމަޖެއްސީ ކުޅުދުއްފުށީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔެއްކަމަށްވާ ޒައިދު މުހައްމަދެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރެއްވި ޒައިދު ވެމްކޯގެ ކުޅުދުއްފުށީ އެސިސްޓެންޓް މެނޭޖަރުގެ މަގާމަށް ހަމަޖެއްސިތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
ވެމްކޯގެ ކުޅުދުއްފުށީ އޮފީހަށް އެސިސްޓެންޓް މެނޭޖަރެއް ހަމަޖެއްސެވިއިރު އެތަނުގައި މިހާރުވެސް ދެ މެނޭޖަރަކާއި ސީނިއާ އޮފަރޭޝަން އޮފިސަރެއް ހުންނަވަ އެވެ.
ކުޅުދުއްފުށީގައި ރަސްމީކޮށް ވެމްކޯގެ ހިދުމަތް ފެށީ މިއަހަރުގެ ޖުލައިމަހުގެ ތެރޭގަ އެވެ.