twitterviber whatsapp telegramfacebookyoutube instagram
18th October 2024

ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ހޯދަނީ

ނަބީލާ އިސްމާޢީލް
Aug 10, 2024

ކެނަބިސް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހދ އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް ހދ ކުމުންދޫ، ވީނަސް، ޒަކަރިއްޔާ ޙަސަން ހޯދަން މަސަކަތްކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ދެ މީހަކު ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން އެ ދެ މީހުން ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށެވެ.

އެ ގޮތުން ފުލުހުން ބަންދުގައި ބައިތިއްބައިގެން ކޯޓަށް ހާޒިރުކުރުމަށް ހޯދަމުންދަނީ ހދ ކުމުންދޫ، ވީނަސް، ޒަކަރިއްޔާ ޙަސަން (40އ) އާއި ށ. ކޮމަންޑޫ، އުރަހަ، މުޙައްމަދު ނިޔާޒް (43އ) އެވެ.

ޒަކަރިއްޔާ ހަސަން ހޯދަމުންދަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 12 ވަނަ ދުވަހުގެ 10:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

މުޙައްމަދު ނިޔާޒް ހޯދަމުންދަނީ ރަހުނު ނުހިމެނޭ ފައިސާގެ ހުކުމް ތަންފީޒު މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 އޮގަސްޓް 12 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

ޒަކަރިއްޔާ ޙަސަނާއި މުޙައްމަދު ނިޔާޒާާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅާއި ހިއްސާކުރަން ފުލުހުންވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355