ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފިއެވެ.
ށ. މާއުނގޫދޫ މެޖިސްޓްރޭޓް ކޯޓުން އެ ހުކުމް އިއްޔެ އިއްވީ ށ. މާއުނގޫދޫ، މުހައްމަދު ފާރިގުު (28އ)ގެ މައްޗަށެވެ.
އެގޮތުން މަސްތުވާތަކެއްޗާބެހޭ ގާނޫނު ގެ 105 ވަނަ މާއްދާގެ ދަށުން ފާރިގު 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށް ކޯޓުން ވަނީ އޭނާ 100،000 ރުފިޔާއިން ޖޫރިމަނާވެސްކޮށްފައެވެ.
އެ މައްސަލަ ފުލުހުންގެ ހިދުމަތަށް ހުށަހެޅީ 2020 ވަނަ އަހަރުގެ ނޮވެމްބަރު 24ވަނަ ދުވަހުއެވެ. އަދި އެ މައްސަލައިގެ ތަހުގީގު ނިންމައި، އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވީ 2021ޖަނަވަރީ 6ވަނަ ދުވަހުއެވެ.
އެ މައްސަލަ އެހާ ދިގުލައިގެން ދިޔަ ސަބަބެއް ސާފެއް ނުވެއެވެ.




