twitterviber whatsapp telegramfacebookyoutube instagram
13th October 2026

ހދ އަތޮޅު ކައުންސިލްގެ ރައީސް މަގާމުން ވަކިކުރަން ފާސްކޮށްފި

އަބްދުލް ވާހިދު ޙަސަން
Aug 22, 2024

ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު މަގާމުން ވަކިކުރަން ފާސްކޮށްފި އެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖު ވިދިވިދިގެން ހަތް ޖަލްސާއަށް ހާޒިރުވެފައިނުވާތީ އޭނާ މަގާމުން ވަކިވެއްޖެކަމަށް ކަނޑައަޅައިދިނުމަށް ހުށަހެޅުއްވީ ހިރިމަރަދޫ ރައީސް މުހައްމަދު ވަހީދެވެ.

އަތޮޅު ކައުންސިލްގައި މިއަދު ބޭއްވި ޖަލްސާގައި ސިރާޖް މަގާމުން ވަކިކުރަން 8 މެންބަރުން ވޯޓް ދެއްވި އެވެ. ވޯޓް ނުދެއްވާ ދެ މެންބަރަކު ތިއްބެވި އެވެ.

މި މައްސަލަ ހުށަހަޅުއްވަމުން ހިރިމަރަދޫ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް، ވިދިވިދިގެން އެ ކައުންސިލްގެ ޖަލްސާތަކުގައި ބައިވެރިނުވާތާ 7 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އަތޮޅު ކައުންސިލް ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ސިރާޖްގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައި އެލްޖީއޭއަށް ހުށަހެޅުމަށް އޭނާ ވިދާޅުވި އެވެ. އަދި ވީހާވެސް އަވަހަކަށް އަތޮޅު ރައީސެއް އިންތިހާބުކުރުމުގެ ކަންކަން ކުރިއަށްގެންދެވޭނެ ގޮތްތައް ހެދުމަށްވެސް ވަހީދު އެދިލެއްވި އެވެ.

މި އެޖެންޑާއަށް ބަހުސް ކުރެއްވި ގިނަ މެންބަރުވެސް ވިދާޅުވީ، އަތޮޅު ކައުންސިލް ހިންގުމުގައި އެ ކައުންސިލްގެ ރައީސް މުހައްމަދު ސިރާޖް އިހުމާލުވެފައިވާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293