twitterviber whatsapp telegramfacebookyoutube instagram
16th September 2024

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފިލަން ކުޅުދުއްފުއްޓަށް އަންނަ މައްސަލަ ބޮޑުވެއްޖެ

އަބްދުލް ވާހިދު ޙަސަން
Aug 27, 2024
4

މާލެ ސަރަހައްދުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ޑީޕޯޓްކުރުމުގެ މަސައްކަތް ކަމާ ގުޅުން ހުރި ފަރާތްތަކުން ކުރަމުންގެންދާތީ އެ ސަރަހައްދުގައި އުޅޭ ބިދޭސީން ކުޅުދުއްފުއްޓަށް އަންނަ މައްސަލަ ބޮޑުވެއްޖެ އެވެ.

މާލެ ސަރަހައްދުގައި އޮޕަރޭޝަން ފެށިފަހުން ކުޅުދުއްފުއްޓާއި މާލެއާ ދެމެދު ދަތުރުކުރާ ބޯޓްފަހަރުތަކުން ގިނަ އަދަދެއްގެ ބިދޭސީން ކުޅުދުއްފުއްޓަށް އަންނަމުންދާކަން ފާހަގަކުރެވިފައިވާތީ އެ މައްސަލަ މޯލްޑިވްސް އިމިގްރޭޝަންގެ ސަމާލުކަމަށް ސިޓީ ކައުންސިލުން ވަނީ މިމަހުގެ ކުރީކޮޅު ގެނެސްފަ އެވެ.

" ބޮޑަށް ހީވަނީ ގަވައިދާ ހިލާފަށް އުޅޭ މީހުންހެން އަންނަމުންދަނީ. މިދުވަސްވަރު ފުދޭ ވަރަކަށް އެ މީހުން އާދޭ." މާލެ ދަތުރުކުރާ ބޯޓެއްގައި އުޅޭ މީހަކު ބުންނެވެ.

މި މައްސަލަ ހައްލުކުރުމުގެ ގޮތުން މަޝްވަރާކުރުމަށް މިއަދު މޯލްޑިވްސް އިމިގްރޭޝަން ނޯތް ރީޖަނަލް އޮފީހާއި ސިޓީ ކައުންސިލް އަދި ފުލުހުން ބައްދަލުކުރި އެވެ.

މި ބައްދަލުވުމުގައި ސިޓީ ކައުންސިލަށާއި ކުޅުދުއްފުށި ސިޓީ ޕޮލިސްއަށް ވޭތުވެދިޔަތަނުގައި ފާހަގަކުރެވިފައިވާ ކަންކަމާއި މި މައްސަލަ ހައްލުކުރުމަށް އަޅަން ހުށަހަޅާ ފިޔަވަޅުތައް އިމިގްރޭޝަންއާއި ހިއްސާކުރެވި މަޝްވަރާ ކުރެވިފައިވާކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ. އަދި މިމައްސަލާގައި މީގެ ކުރިން ސިޓީ ކައުންސިލުން އޮޑިވެރިންނާއެކު ބައްދަލުވުމެއް ބާއްވާފައިވެ އެވެ

ސިޓީ ކައުންސިލުން ބުނީ، މިމައްސަލަ ހައްލުކުރުމުގެގޮތުން ފިޔަވަޅުތައް ހަރުދަނާކުރުމަށް އެދި މޯލްޑިވްސް އިމިގްރޭޝަންގެ ސަމާލުކަމަށް މިމަހުގެ ކުރީކޮޅު މިމައްސަލަ ގެނެވިފައިވާނެ ކަމަށެވެ އަދި މިއަދުގެ ބައްދަލުވުމުގައި ކުރިއަށްއޮތް ތަނުގައި މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރުމަށާ މިކަމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކޮށްދެއްވުމަށް އިމިގްރޭޝަންގައި އެދެވިފައިވާނެކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355