އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. މުހައްމަދު ފައިޝަމް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިމަހު 20 އަދި 21 ގައި އެ ކުލިނިކުގައި ޑޮކްޓަރު މުހައްމަދު ފައިޝަމް ބަލި މީހުން ބަލާގޮތަށް ހަމަޖެހިފައިވާއިރު ޑޮކްޓަރަށް ދައްކަން ބޭނުންވާ ފަރާތްތަކުން އެކުލިނިކްގެ ނަމްބަރު 6528181 ނުވަތަ 7328181 ވައިބާކޮށްގެން އެޕޮއިންޓްމެންޓް ހެދޭނެ އެވެ.
8 އަހަރަށްވުރެއް ގިނަ ދުވަހުގެ ތަޖުރިބާ ލިބިފައިވާ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މުހައްމަދު ފައިޝަމް ކުރިން މަސައްކަތް ކުރެއްވީ އައިޖީއެމްއެޗްގަ އެވެ. އަދި މިހާރު މަސައްކަތް ކުރައްވަނީ ޓްރީ ޓޮޕް އަދި ކެއާ ޓްރަސްޓް ކްލިނިކްގަ އެވެ.
ދަތުގެ ފަރުވާއަށް ހާއްސަކޮށް ކުޅުދުއްފުށީގައި ހުޅުވި ހާޖީ މެޑިކަލް ކުލިނިކްގައި ހުޅުވާފައިވަނީ މިދިޔަ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.
މި ވަގުތު ހަމައެކަނި ދަތުގެ ހިދުމަތްތައް ލިބުނު ނަމަވެސް ކުރިއަށް އޮތްތަނުގައި ހާއްސަ ބަލިތަކުގެ ޑޮކްޓަރުންގެ ހިދުމަތްވެސް އެ ކުލިނިކުން ލިބިގެންދާނެ އެވެ.
ކުޅުދުއްފުށީ ހިކިފިނިފެންމާގޭގައި އަމީނީ މަގަށްވާގޮތަށް ހުންނަ މި ކުލިނިކް ހުޅުވާފައި ހުންނާނީ 08:30 – 16:00 | 20:00 – 22:00 އަށެވެ.