twitterviber whatsapp telegramfacebookyoutube instagram
21st September 2026

އޮފީހަކުން ދެ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

Dec 28, 2024

މާލޭގެ އަމިއްލަ އޮފީހަކުން ދެ ލައްކަ ރުފިޔާގެ އަގުހުރި މުދާ ވަގަށް ނެގި މައްސަލައެއްގައި ލ. މާވަަަށަށް ނިސްބަތްވާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

އެ މީހާއާ ކްރިމިނަލް ކޯޓުގެ ގުޅޭ ބަންދު އަމުރުގައި ބުނެފައި ވަނީ މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި 43 އަހަރުގެ މީ މީހާގެ މައްޗަށް ވައްކަން ކުރުމާއި، ހުއްދަ ނޫން ތަނަކަށް ވަނުމުގެ ތުހުމަތު ކުރެވޭއިރު، އޭނާ އަމިއްލަ އޮފީހަކުން ވައްކަން ކުރި ކަމުގެ ތުހުމަތު ކުރެވޭ ކަމަށެވެ.

އޭނާ ވަގަށް ނަާގާފައިވާ ބެލެވޭ މުދަލުގެ އަގު ދެލައްކަ ރުފިޔާ އަށް ވުރެ މަތިވާނެ ކަމަށްވެސް އެ އަމުރުގައި ވެއެވެ. އަދި ވައްކަން ކުރަން ވަން ފާހަަނައިގެ ޓައިލްސް އިން އޭނާގެ ފިންގަޕްރިންޓް ލިފްޓް ކުރެވިފައިވާ ކަމަށްވެސް އެ އަމުރުގައި ވެއެވެ. އޭގެ އިތުރުން އޭނާ އޮފީހަށް ވަނުމަށް ކަޅުހުރާ މިސްކިތް ކައިރިން ދާތަން ސީސީޓީވީ ފޫޓޭޖްއިން ފެނިފައިވާ ކަަމަށްވެސް ބުނެފައި ވެއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293