ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއް ކަމަށްވާ ޑރ. ނަޒްމީ އަބްދުލް ލަތީފް ކުޅުދުއްފުށީ ހާޖީ މެޑިކަލް ކުލިނިކްގައި ބަލި މީހުން ބަލާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑރ. ނަޒްމީ އަބްދުލް ލަތީފް އެ ކްލިނިކްގައި ބަލި މީހުން ބެލުމަށް ހަމަޖެހިފައިވަނީ ޖެނުއަރީމަހުގެ 10 އަދި 11 ވަނަ ދުވަހެވެ. އެޕޮއިންޓްމެންޓް ހެއްދެވުމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6528181 ނަންބަރަށް ގުޅުން އެދެމެވެ. އަދި 7328181 ނަންބަރަށް ވައިބާކޮށްގެންވެސް މައުލޫމާތު ސާފުކުރެވޭނެ އެވެ.
ޑރ. ނަޒްމީ ފަރުވާ ދެއްވާ ދާއިރާތައް:
އަސްތަމާ/ ނޭވާހިއްލުން
ނިއުމޯނިއާ
ކްރޮނިކް އޮބްސްޓްރަކްޓިވް ޕަލްމަނަރީ ޑިޒީޒް (ދުމުންޖެހޭ ފުއްޕާމޭގެ ބަލި)
ފުއްޕާމޭގެ ކެންސަރަށް ތަހުލީލުކުރުން
ޓުބަރކިއުލޯސިސް (ޓީބީ)
ބްރޮންކައިޓިސް (ނޭވާހޮޅި ދުޅަވުން)
ޕްލޫރިސީ (ފުއްޕާމޭގެ ދުލި ދުޅަވުން)
ފުއްޕާމޭގެ ލޭ ހޮޅީގެ ޕްރެޝަރު މަތިވުން
ބްރޮންކިއެކްޓަސިސް (ނޭވާހޮޅީގައި ލަކުނުލައި ހަލާޚުވާންފެށުން)
ފުއްޕާމޭގެ ސާރކޮއިޑީސިސް
ޕަލްމަނަރީ ފައިބްރޯސިސް (ފުއްޕާމޭގައި ލަކުނުލުން)
އެޕޮއިންޓްމެންޓް ނޯޓް ކުރުން ކުރިއަށް ދާނީ ހުކުރުދުވަސް ފިޔަވާ ކޮންމެ ދުވަހަކު:
ހެނދުނު 12:00-9:00
މެންދުރުފަހު 16:00-13:00
ރޭގަނޑު 22:00-20:00
ދަތުގެ ފަރުވާއަށް ހާއްސަކޮށް ކުޅުދުއްފުށީގައި ހުޅުވި ހާޖީ މެޑިކަލް ކުލިނިކްގައި ދަތުގެ ތަފާތު ހިދުމަތްތަކުގެ އިތުރުން ވިޒިޓިން ޑޮކްޓަރުންގެ ހިދުމަތްވެސް އަންނަނީ ދެމުންނެވެ.