twitterviber whatsapp telegramfacebookyoutube instagram
12th March 2025

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރު އަޅަން އާރުޑީސީއާ ހަވާލުކޮށްފި

Mar 12, 2025

ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރާއި ދަރިވަރުންގެ ދަނާލެއް އަޅަން ބަޔަކާ ހަވާލުކޮށްފި އެވެ. ސްޓޭޓް އޮފް ދި އާރޓް، ޓިވެޓް ސެންޓަރު ކުޅުދުއްފުށީގައި ގާއިމުކުރަން 2021 ވަނަ އަހަރު ސިޓީ ކައުންސިލުން ބިމެއް ހަމަޖައްސައި މިނިސްޓްރީއަށް އެންގި އެވެ.

އެގޮތުން ޓިވެޓް ސެންޓަރު އެޅުމަށް ކައުންސިލުން ނިންމީ މަގާންމަގުގެ ދެކުނުން އަމީރު އަމީން ސްކޫލާއި ދެމެދު އޮންނަ ހުސް ސަރަހައްދުގެ ބިމެއްގައި އެވެ. އެކަމަކު ތަފާތު އެކި ސަބަބުތަކާހެދި އެ މަސައްކަތް އޮތީ ނުފެށި އެވެ.

އަންގާރަދުވަހު ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއް ކުޅުދުއްފުށީގައި ޓިވެޓް ސެންޓަރާއި ދަރިވަރުންގެ ދަނާލެއް އިމާރާތްކުރަން ހަވާލުކުރީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންއާ އެވެ.

35،777.88 އަކަފޫޓްގެ ޖާގައިގައި އިމާރާތްކުރާ މިތަނުގައި މަލްޓި-ޕާޕަސް ވޯކްޝޮޕެއްގެ އިތުރުން 7 ކްލާސް ރޫމާއި އައިސީޓީ ލެބޯޓަރީއެއް ހުންނާނެ އެވެ. އަދި އިދާރީ ހިދުމަތްތަކަށް ހާއްސަ އޭރިއާއަކާއި ސްޓާފް ރޫމަކާއި ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ އޭރިއާގެ އިތުރުން އޮޑިޓޯރިއަމަކާއި މީޓިންގ ރޫމްތަކާއި ސްޓަޑީ ރޫމްތަކާއި ލައިބްރަރީވެސް ހުންނާނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އަދި ދަރިވަރުންގެ ދަނާލުގައި ޝެއަރިންގ 32 ރޫމް ހުންނައިރު ދަރިވަރުންގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށް ބަދިގެ އަދި ޑައިނިންގ އޭރިއާއަކާއި، ލޯންޑަރީ ފަދަ ހިދުމަތްތަކުގެ އިތުރުން ދަރިވަރުންގެ ސިއްހީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރުކުޅެވޭނެ އެކްޓިވިޓީ އޭރިއާއަކާއެކު ޖިމެއްވެސް ހުންނާނެ އެވެ. އަދި ނަމާދުކުރާނެ ތަނަކާއި ފާހާނާއާއި ލިފްޓް ފަދަ ކަންކަން ހިމެނިފައިވާނެކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ދުވާފަރުގައި ވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާއިމު ކުރުމަށް ހަވާލުކުރި އެވެ. އެ މަސައްކަތް ހަވާލުކުރީ މަ ފެނަކަ ކޯޕަރޭޝަންއާ އެެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355