twitterviber whatsapp telegramfacebookyoutube instagram
18th March 2025

ސްކޭމްގެ މައްސަލަތައް ރިޕޯޓުކުރަން ޚާއްސަ ކޯލް ސެންޓަރެއް

Mar 18, 2025

ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމްކޮށްފިއެވެ.

ރާއްޖޭގައި އިތުރުވަމުން އަންނަ ސްކޭމް މައްސަލަތަކަށް ހައްލު ހޯދުމުގެ މަޤްސަދުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓްރެޓީޖިކް ޕްލޭން 2024-2028 ގެ ދަށުން 2024ވަނަ އަހަރުގެ ޖޫންމަހުވަނީ އެންޓި ސްކޭމް ސެންޓަރުގެ ނަމުގައި ސެންޓަރެއް ޤާއިމްކޮށްފައެވެ.

އަދި މިދިޔަ ހޯމަދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ހިނގާ ސްކޭމް މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތައް އެޅުމާއި އެހެން އިދާރާތާކާއެކު ކުރަންޖެހޭ މުޢާމަލާތްތައް މަރުކަޒީގޮތެއްގައި ބަލަހައްޓާނީ އެންޓި ސްކޭމް ސެންޓަރުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ނިންމަވާފައިވާ ކަމަށް ފުލުހުންގެ ހިދުމަތުން ބުންޏެވެ.

މިއާ ނިޒާމުގެ ދަށުން ސްކޭމް މައްސަލަތައް ރިޕޯޓްކުރުމަށް ހާއްސަ ކޯލް ސެންޓަރެއްވެސްވަނީ ގާއިމްކޮށްފައެވެ. މިކޯލް ސެންޓަރަށް މައްސަލައެއް ރިޕޯޓްކުރާ ހިސާބުން ފެށިގެން މާލީ އިދާރާތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި އެއިދާރާތަކުން ލިބެންޖެހޭ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އެންޓި ސްކޭމް ސެންޓަރުންނެވެ.

މިއާއެކު ނޭޝަނަލް އިމަޖެންސީ ނަމްބަރު 911އާއި އެންޓި ސްކޭމް ހޮޓްލައިން 125 (އެކްސްޓެންޝަން 2020 އަދި އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް [email protected] މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ސްކޭމްއާ ގުޅުންހުރި މައްސަލަތައް ރިޕޯޓްކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާކަމަށް ފުލުހުންގެ ހިދުމަތުން ވަނީ ބުނެފަ އެވެ. އަދި މިހާރެކޭވެސް އެއްގޮތަށް މާލެއާއި އަތޮޅުތަކުގައި ޤާއިމްކޮށްފައިވާ ސެންޓަރުތަކަށްވެސް މިފަދަ މައްސަލަތައް ހުށަހެޅޭނެކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންގެ ޚިދުމަތުންވަނީ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްކޭމް މައްސަލަތައް ހުއްޓުވުމަށް އެފަދަ މައްސަލަތައް ވީ އެންމެއަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓްކުރުމަށް އެދިވަޑައިގެންފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355