twitterviber whatsapp telegramfacebookyoutube instagram
30th April 2026

ފަސް މިލިއަން ގަސް އިންދުމުގެ ހަރަކާތުގެ ތެރެއިން ކުޅުދުއްފުށީ ކެމްޕަހުގައި ގަސް އިންދައިފި

Sep 28, 2025

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ގަސް އިންދައިފި އެވެ.

ގައުމީ ޔުނިވާސިޓީ މި ޕްރޮގުރާމުގައި ބައިވެރިވެ އެ ޔުނިވާސިޓީގެ ކެމްޕަސްތައް ފެހިކުރުމަށް ހިންގާ މި ގަސް އިންދުމުގެ ހަރަކާތް ކުރިއަށްގެންދިޔައީ ޔުނިވާސިޓީގެ 52 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ ހުކުރުދުވަހު އެވެ.

ސްޓޫޑަންޓް ޔޫނިއަނުން އިސްނަގައިގެން ކުރިއަށްގެންދާ މި ހަރަކާތް ކުޅުދުއްފުށީ ކެމްޕަހުގައި ފައްޓަވައިދެއްވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އަހުމަދު އަޒްމާން މޫސާ އެވެ.

މި ހަރަކާތުގައި އެ ޔުނިވާސިޓީގެ ކައުންސިލްގެ ދަރިވަރުން ތަމްސީލްކުރައްވައި އަސި އެންވަޔަރަމަންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރު އިސްމާއިލް ރަޒީން އިމްރާން އާއި ކެމްޕަސް މެނޭޖަރު އައިމިނަތު އަލީ ބައިވެރިވެ ގަސް އިންދެވި އެވެ.

މި ހަރަކާތުގެ ތެރެއިން 50 ގަސް އިންދި އެވެ. އިންދި ގަސްތަކުގެ ތެރޭގައި ނިކަ، ކާނި، ރަންނިކަ އަދި ދަނބު ގަސް ހިމެނެ އެވެ. އަދި މީގެ އިތުރުން ދަރިވަރުންނާއި މުވައްޒަފުންވެސް ގަސް އިންދައި ކެމްޕަސް ފެހި ކުރުމުގެ ހަރަކާތުގައި ބައިވެރިވެލެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355