ދަތްޕިލާ ރީތިކުރުމަށްޓަކައި ދެވޭ ހިދުމަތެއް ކަމުގައިވާ ނަރުގަނޑު އެޅުވުމުގެ ހިދުމަތް ހާޖީ މެޑިކަލް ކްލިނިކް އިން ފަށަން ނިންމައިފި އެވެ.
ކުޅުދުއްފުށީގައި މިހާރު އެންމެ މަގުބޫލުކަން ހޯދަމުން އަންނަ ހާޖީ މެޑިކަލް ކްލިނިކްގައި މި ހިދުމަތް ފަށަން ނިންމާފައިވަނީ އޮކްޓޯބަރު މަހުގެ 23 އިން ފެށިގެން، މިކަމަށް ހާއްސަ އޮތޮޑޮންޓިސްޓް އެއް ގެނެސްގެންނެވެ. އޮތޮޑޮންޓިސްޓް ދޭ ހިދުމަތްތަކުގެ ތެރޭގައި ތަފާތު ވައްތަރުގެ ނަރުގަނޑުގެ ހިދުމަތް ދޭނެ އެވެ.
- މެޓަލް ބްރޭސެސް
- ސެރަމިކް ބްރޭސެސް
- ކްލިއަރ އެލައިނަރ
މީގެ ތެރެއިން ކްލިއަރ އެލައިނަރ އަކީ ނަރުގަނޑާއި ހިލާފަށް ދަތަށް ލައްވާފައި ހުންނަ އިރު، އެއްޗެއް ދަތްޕިލާފައި އަޅުވާފައި ހުންނަކަން ނޭނގޭ އަލިކޮށް ހުންނަ އެއްޗެކެވެ.
މީގެ އިތުރުން ކުޑަކުދިން ބޮޑުވެގެން އަންނައިރު ދަތްޕިލާގެ އަދި ހިރުގަނޑާއި ކަންކަށީގައި ހުންނަ އައިބު ފިލުވުމަށް ފަރުވާ ދޭނެއެވެ.
ހާޖީ މެޑިކަލް ކްލިނިކްގައި މިހާރުވެސް ދަތުގެ ތަފާތު އެކިހިދުމަތްތައް އަންނަނީ ދެމުންނެވެ. އޭގެ ތެރޭގައި ރޫޓް ކެނަލް ހެދުމާއި ދޯރިލެއްވުން، ދަތް ސާފުކުރުން، ދަތް ހުދުކުރުން، ކޮސްމެޓިކް ޑެންޓިސްޓްރީ ފަދަ ހިދުމަތްތައް ދެއެވެ. އަދި ހާޖީ މެޑިކަލް ކްލިނިކުން ދޭ ހިދުމަތްތަކުގެ ކޮލިޓީ ރަނގަޅުވުމުން އެކްލިނިކްގެ މަގުބޫލުކަން ވަނީ އިތުރު ވެފައެވެ.