ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ)ގެ ކޮއްކޮ ހިމެނޭހެން އިތުރު ބަޔަކު ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަންޔަނުކޮށްފި އެވެ.
މެންބަރު ފަރުހަތުގެ ކޮއްކޮ، އިސްމާއިލް އަހުސަނު އައްޔަންކޮށްފައިވަނީ ސްޕޯޓްސް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށެވެ. އައްބެއަކީ ފުރަތަމަ ގައުމީ ބީޗު ހޭންޑްބޯލް ޓީމުގެ ކުޅުންތެރިއެއްވެސް މެ އެވެ.
އޭނާގެ އިތުރުން ހަމަ އެ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު އިތުރު ދެ ބޭފުޅަކު ވެސް ހަމަޖެއްސެވި އެވެ. އެއީ
ކުރިން އަފީފުއްދީން ސްކޫލްގެ ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރެއްވި އަބުދުﷲ މުހައްމަދާއި ޕީއެންސީގެ ހަރަކާތްތަކުގައި އުޅުއްވާ މުހައްމަދު ނާޖިހް އިސްމާއިލެވެ.
މި ތިން ބޭފުޅު ންވެސް ވަޒީފާއަށް ނުކުންނަވާނީ ސްޕޯޓްސް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމަށެވެ.
މީގެ އިތުރުން ލޯކަލް ގަވަރަމެންޓް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް ވެސް ބޭފުޅަކު އަންޔަނުކުރެއްވި އެވެ. އެ މަގާމަށް އަންޔަނުކުރެއްވީ އަހުމަދު މުހައްމަދެވެ. އޭނާ މަސައްކަތްކުރައްވަނީ އެ މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކުޅުދުއްފުށީ ޕަބުލިކް ވޯކްސް އޮފީހުގަ އެވެ.
މީގެ އިތުރުން ދެން ސިޔާސީ މަގާމެއް ދެއްވީ އައިޝަތު އިބުރާހިމަށެވެ. ކުޅުދުއްފުށީ އެއާޕޯޓްގެ އެސިސްޓެންޓް މެނޭޖަރު އަބުދުލް އަހަދުގެ އަންހެނުން އައިޝަތު އިބުރާހިމަށް ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމު ދިނީ އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ މިނިސްޓްރީންނެވެ. އޭނާ ވަޒީފާއަށް އަދާކުރައްވާނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ހދ. އެފްސީއެސްސީގަ އެވެ.
އަންނަ އަހަރުގެ ކުރީ ކޮޅު ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ތައްޔާރުވަމުންދާއިރު، ކުޅުދުއްފުށީގައި ގިނަ އަދަދެއްގެ ސިޔާސީ އާ މަގާމުތައް އުފައްދަމުންދާ ކަން ފާހަގަކޮށްލެވެ އެވެ.




