twitterviber whatsapp telegramfacebookyoutube instagram
28th February 2026

ކުޅުދުއްފުށީ އެއާޕޯޓުން ހިފަހައްޓާފައި ހުރި ބަނގުރާ ފުޅިތަކެއް ނައްތާލައިފި

އަބްދުލް ވާހިދު ޙަސަން
Nov 12, 2025

ކުޅުދުއްފުށީ އެއާޕޯޓުން ހިފަހައްޓާފައި ހުރި ބަނގުރާ ފުޅި ފުލުހުން ނައްތާލައިފި އެވެ. މި ބަނގުރާ ފުޅިތައް ނައްތާލާފައިވަނީ މިއަދު ހެނދުނު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި އެވެ.

މިއަދު ނައްތާލައިފައިވަނީ 2025 ވަނަ އަހަރުގެ މެއިމަހުން ފެށިގެން އޮކްޓޯބަރުމަހުގެ ނިޔަލަށް ކުޅުދުއްފުށީ އެއާޕޯޓުން ހިފަހައްޓާފައިވާ ބަނގުރަލުގެ ބާވާތްތަކުގެ ތެރެއިން ތެރެއިން މައްސަލަ ނިމިފައި ހުރި ބައެވެ.

ފުލުހުން ބުނީ މިއަދު ނައްތާލި ބަނގުރާ ފުޅިތަކަކީ ރާއްޖޭގެ އައުމަށްފަހު އެބުރި ދާ ޓޫރިސްޓްގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ. އެގޮތުން މިއަދު 55 ފުޅި ބަނގުރާ ވަނީ ނައްތާލާފަ އެވެ.

ނޫސްވެރިންގެ ހާޒިރުގައި މިތަކެތި ނައްތާލިއިރު ސިޓީ ކޮމާންޑަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިއަހަރު މިއީ އެ ސްޓޭޝަނުން އަތުލަގައި ބަނގުރާ ނައްތާލި ދެވަނަ ފަހަރެވެ. މިއަހަރުގެ މެއިމަހުވެސް ބަނގުރާ ނައްތާލި އެވެ. އެފަހަރުވެސް ނައްތާލާފައިވަނީ ޓޫރިސްޓުން އަތުން ހިފަހައްޓާފައިވާ ބަނގުރަލާއި ބޮގަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355