twitterviber whatsapp telegramfacebookyoutube instagram
5th February 2026

ޕީއެންސީ ޓިކެޓްގައި ކުޅުދުއްފުށީ މޭޔަރުކަމަށް ކުޑަ އިއްބެ ވާދަކުރަނީ

އަބްދުލް ވާހިދު ޙަސަން
Feb 5, 2026

ސަރުކާރު ހިންގާ، ކޮންގްރެސް ޕާޓީގެ ޓިކެޓްގައި ކުޅުދުއްފުށި މޭޔަރުކަމަށް އިބުރާހިމް ހަސަން (ކުޑަ އިއްބެ) ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކުޅުދުއްފުށީގެ ފުޓްބޯޅައިގައި މަޝްހޫރުކަން ހޯދި އިބުރާހިމް ހަސަން މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރަން ނިންމިއިރު އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓްގެ ކެމްޕެއިން ލޯންޗުކުރާ ޖަލްސާ ބާއްވަން ނިންމާފައިވަނީ މާދަމާ ރޭ އެވެ.

އެކައުންޓިންގ ދާއިރާއިން ޑިގްރީ ހާސިލުކޮށްފައިވާ ކުޑަ އިއްބެ އެންމެފަހުން މަސައްކަތްކުރެއްވީ ކުޅުދުއްފުށީ ޕޯޓް ލިމިޓެޑްގައި އެވެ. އޭގެ ކުރިން ބީއެމްއެލް ކުޅުދުއްފުށީ އޮފީހުގައި އޭނާ ވަޒީފާއަދާކުރެއްވި އެވެ.

ކުޑަ އިއްބެ ފާހަގަކުރެވިފައިވަނީ ކުޅިވަރުގައި ހުނަރުގެ ގޮތުންނާއި އަހުލާގުގެ ގޮތުން ދަނޑުމަތީގައި އެހެން ކުޅުންތެރިންނަށް ނަމޫނާ ތަފާތު ކުޅުންތެރިއެއްގެ ގޮތުގައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355