twitterviber whatsapp telegramfacebookyoutube instagram
7th February 2026

އަމާޒަކީ ރާއްޖޭގެ ކޮމާޝަލް ކެޕިޓަލުގެ ގޮތުގައި ކުޅުދުއްފުށީ ތަރައްގީކުރުން: އިބުރާހިމް

އަބްދުލް ވާހިދު ޙަސަން
Feb 7, 2026

ކައުންސިލް އިންތިހާބު ކާމިޔާބުކުރެއްވިއްޖެނަމަ ކުޅުދުއްފުށީ ބަދަލުވެގެންދާނީ 21 ވަނަ ޤަރުނުގެ ކުރިއަރާފައިވާ ޒަމާނީ އިޤްތިސޯދީގޮތުން އުންމީދީ ސިޓީއަކަށް ކަމަށާއި އަމާޒަކީ ރާއްޖޭގެ ކޮމާޝަލް ކެޕިޓަލުގެ ގޮތުގައި ކުޅުދުއްފުށީ ހެދުންކަމުގައި ޕީއެންސީ ޓިކެޓްގައި މޭޔަރުކަމުގެ ގޮނޑިއަށް ވާދަކުރާ އިބުރާހިމް ހަސަން (ކުޑަ އިއްބެ) ވިދާޅުވެއްޖެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ޕީއެންސީ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާ ފެށުމަށް ހުކުރުދުވަހު ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިބުރާހިމް ވިދާޅުވީ، ޕީއެންސީގެ ތަސައްވަރަކީ ހުރިހާ ވިޔަފާރިތަކަށް ހަމަހަމަ ފުރުސަތު އޮންނަ ވަޒީފާގެ ދޮރުތައް ހުޅުވާލެވިފައިވާ އަދި ތަރައްގީގެ މަންފާ ކޮންމެ ރައްޔިތަކަށް ހަމަހަމަކަމާއެކު ލިބިގެންދާ އިޤުތިސޯދީ ގޮތުން އުންމީދީ އުޖާލާ ސިޓީއަކަށް ކުޅުދުއްފުށި ހެދުން ކަމަށެވެ.

"އަޅުގަނޑުމެންނަށް ދާދި ގާތުން ހަނިމަދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްގީ އެބަފެނޭ. މި އެއާޕޯޓަށް އަންނަ ފަތުރުވެރިން މި ސިޓީއަށް ޒިޔާރާތްކޮށް އެ ފަތުރުވެރިންގެ ޗުއްޓީ ހޭދަކުރުމަށް އެއްވެސް ވަސީލަތެއް މިއަދު ފެންނާކަށް ނެތް." ކުޑަ އިއްބެ ވިދާޅުވި އެވެ.

އަޅުގަނޑާ އަޅުގަނޑުގެ ޓީމުގެ އެންމެ ބޮޑު އަމާޒަކީ ފަތުރުވެރިކަމުގެ ސިނާޔަތްކުރި އަރުވާ މި ސިޓީއަށް ފަތުރުވެރިން ގެނެސް ފަތުރުވެރިން ޗުއްޓީ ހޭދަކުރުމުގެ މިސިޓީގައި ފަހިކޮށްދިނުންކަމަށް އޭނާ ވިދާޅުވި އެވެ.

އިބުރާހިމް ވިދާޅުވީ، ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ ޖީބަށް ވަންނަ ފައިސާ ކަމަށާއި މި ނުކުތީ ހަގީގީ ތަރައްގީ ހޯދައިދޭން ކަމަށެވެ.

"ހަގީގީ ތަރައްގީއަކީ ރައްޔިތުންގެ ތަނަވަސްކަން އިތުރުކޮށްދިނުން، ހަގީގީ ތަނަވަސްކަމަކީ އަމިއްލަ ރަށުގައި ވަޒީފާ އަދާކުރެވޭނެ ފުރުސަތުތައް ހޯދައިދިނުން. ހަގީގީ ތަރައްގީއަކީ ސިޓީގެ ތަނަވަސް ކަމާއި މުއްސަނދިކަމާއި ސިޓީގެ ޤުދުރަތީ މުއްސަނދިކަމުގެ ބޭނުން ހެޔޮގޮތުގައިކޮށް އެ ޤުދުރަތީ ވަސީލަތްތަކުގެ ފައިދާ އެންމެންހާ ރައްޔިތުންނަށް ހަމަހަމައަށް ލިބުން. ހަގީގީ ތަރައްގީއަކީ އިޖުތިމާއީގޮތުން މިރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ލިބުން." ޕީއެންސީގެ ޓިކެޓް މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓް އިބުރާހިމް ވިދާޅުވި އެވެ.

ކުޅުދުއްފުށީގެ ސިއްހީ ނިޒާމު އިތުރަށް ދިރުން ގެނެސްދީ ބޮޑު ތިލަދުންމަތީގެ ރައްޔިތުންނަށް ލުއި ފަސޭހަކަން ހޯދައިދޭނެ ކަމަށެވެ.

އެމްޑީޕީއަށް ފާޑުވިދާޅުވެ ވާހަކަދައްކަވަމުން އިބުރާހިމް ވިދާޅުވީ، ފާއިތުވެ ދިޔަ ދައުރުތަކުގައި މި ސިޓީގެ ފުދުންތެރިކަން އިތުރުކުރުމަށް އެކަށީގެންވާ ވަރާ ގާތަށްވެސް މަސައްކަތްކޮށްދެއްވިފައިނުވާ ކަމަށާއި އެމްޑީޕީގެ އިގްތިސޯދީ ސިޔާސަތުގެ ތެރެއިން އެންމެ ބޮޑަށް ވިއްކި ހޯމްސްޓޭ ވީތަނެއްވެސް ނޭނގޭކަމަށެވެ.

އިބުރާހިމް ވިދާޅުވީ، ރައްޔިތުންގެ ތިބީ މާލީގޮތުން ނުހަނު ދަތި ހާލަތުގައި ކަމަށާއި ތަރައްގީގެ ނަންނަމުގައި ކުރެވުނު ކަންކަމުން ރައްޔިތުންގެ ޖީބަށް ވަތް އެއްޗެއް ނެތްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355