twitterviber whatsapp telegramfacebookyoutube instagram
24th October 2026

2000 ހައުސިންގ ޔުނިޓުގެ އިނިޝިއަލް ކޮންސެޕްޓް ސިޓީ ކައުންސިލާ ހިއްސާކޮށްފައެއް ނުވޭ: މޭޔަރު

ނަބީލާ އިސްމާޢީލް
Apr 1, 2026
1

މިރޭ ކުޅުދުއްފުށީގައި ބިންގާ އެޅި 2000 ހައުސިންގ ޔުނިޓްގެ އިނިޝިއަލް ކޮންސެޕްޓް ތައްޔާރުކޮށް ސިޓީ ކައުންސިލާ ހިއްސާކޮށްފައިނުވާތީ ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މޭޔަރު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2000 ޔުނިޓުގެ ބިންގާ މިރޭ އަޅާއިރު އަދި މިހާތަނަށް މި ހައުސިން ޔުނިޓްތަކުގެ އިނިޝިއަލް ކޮންސެޕްޓްވެސް ތައްޔާރުކޮށް ކައުންސިލާއި ހިއްސާކޮށްފައި ނުވާކަން ހިތާމައާއެކު ފާހަގަކުރައްވާކަމަށެވެ.

އިތުރަށް މޭޔަރު ވިދާޅުވީ ކުޅުދުއްފުށި ސިޓީގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 2000 ހައުސިންގ ޔުނިޓުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ދައުވަތު ދިނުމަށްފަހު، ކުއްލި ގޮތަކަށް އެ ދައުވަތު އަނބުރާ ގެންގޮސްފައިވާ ކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަންގާފައިވާކަމަށެވެ.

"އެހެންކަމުން އަޅުގަނޑު އެ ޖަލްސާގައި ބައިވެރި ނުވުމުން ރައްޔިތުންގެ ހިތުގައި ސުވާލު އުފެދުނަ ނުދިނުމަށް މިކަން އެންމެހާ ލޮބުވެތި ރައްޔިތުންނާއި ހިއްސާކުރަން." މޭޔަރު ވިދާޅުވި އެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ، ޓީމް ވަން އިންޑިއާ ޕްރައިވެޓް ލިމިޓެޑާއެވެ.

މި މަޝްރޫއުގެ ދަށުން 14 ބުރީގެ 13 ޓަވަރު އިމާރާތް ކުރަން ވަނީ ނިންމާފައެވެ. އަދި އިމާރާތް ކުރާ 3 ކޮޓަރީގެ އެޕާޓްމެންޓުތަކަކީ، 900 އަކަފޫޓުގެ ތަންތަނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293