މިއަދު ކުރިއަށްދަ ލޯކަލް ކައުންސިލް އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ އިންތިހާބު އަދި ފެންނަ ނުފެންނަ ވޯޓުލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފި އެެވެ.
އިލެކްޝަން ކޮމިޝަނުން ބުނެފައިވަނީ ހޫނު ގަަދަވެ ގިނަ ބަޔަކަށް ވޯޓުލުމަށް ދަތިވެފައިވާތީ، ވޯޓު ލުމުގެ ވަގުތު 5 ޖެހުމާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ވޯޓު ލުމުގެ ވަގުތު އިތުރުކޮށްފައިވާއިރު މި ވަގުތުވެސް ވޯޓު މަރުކަޒުތަކުގައި ކިއު ނެތްކަން ފާހަގަކޮށްލެވެއެވެ. 4 ޖެހުމާއި ހަމައަށް ކުޅުދުއްފުށިން ވޯޓުލާފައި ވަނީ ގާތްގަނޑަކަށް 3100 އެއްހާ މީހުންނެވެ. ކުޅުދުއްފުށިން 6044 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މެންދުރު ފަހުވެސް ވޯޓުލާން ދިޔަ މީހުންގެ އަދަދު މަދުކަން ފާހަކަކޮށްލެވެއެވެ.




