އަލަށް އިންތިހާބު ކުރި ލޯކަލް ކައުންސިލްތަކުގެ ކައުންސިލަރުން ކުރިއަށް އަންނަ މެއި މަހުގެ 17 ވަނަ ދުވަހު ކުރާ ގޮތަށް ހަމަޖައްސާފައިވާކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އިން މިއަދު ބުނެފިއެވެ.
އެލްޖީއޭއިން ބުނީ ކައުންސިލަރުން ހުވާ ކުރާ ދުވަހު މިހާރު އިންތިހާބުކޮށްފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން މަގާމާ ހަވާލުވުމުގެ ގޮތުން އިގުރާރެއްގައި ސޮއިކުރާނެ ކަމަށާއި އެ ބޭފުޅުން ހުވާ ނުކުރާނެ ކަމަށެވެ.
ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުން އިންތިހާބުކޮށްފައިވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
ހިނގަމުންދާ ދައުރުގެ ކައުންސިލަރުންނައި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މެންބަރުންގެ ދައުރުވެސް ހަމަވާނީ މެއި 17 ވަނަ ދުވަހު އެވެ.
އިލެކްޝަންސް ކޮމިޝަނުން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި 681 ކައުންސިލަރުންނާއި، 681 އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.




