twitterviber whatsapp telegramfacebookyoutube instagram
5th April 2026

އާތިފް މޭޔަރގެ ގޮނޑި ދިފާއުކުރައްވައިފި

ޚަދީޖާ އާދަމް
Apr 4, 2026

ބޮޑު ތަފާތަކުން މޭޔަރ ގެ ގޮޑި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އާތިފް ދިފާއު ކުރައްވައިފި އެވެ.

ޕީއެންސީގެ ކެންޑިޑޭޓް އިބްރާހިމް ހަސަންއާ ވާދަ ކުރައްވައިގެން އާތިފް ގޮޑި ދިފާއު ކުރެއްވީ ހުރިހާ ދާއިރާއެއްގެ ފޮށިން ބޮޑު ތަފާތަކުން ކުރިހޯއްދަވައިގެންނެވެ. އެގޮތުން ވަގުތީ ނަތީޖާ ދައްކާގޮތުން އާތިފްއަށް މިހާތަނަށް ލިބިފައިވަނީ 2721 ވޯޓެވެ. އަދި އިބްރާހިމް ހަސަންއަށް ލިބިފައިވަނީ 1275 ވޯޓެވެ.

ވަކިވަކި ފޮށިތަކަށް ބަލާއިރު އޭއީސީ ހޯލުގެ އިރުމަތި ފަރާތުގައި ބެހެއްޓިފައިވާ އުތުރު ދާއިރާގެ B9-1.1 ފޮށިން އާތިފްއަށް 311 ވޯޓު ލިބިފައިވާއިރު އިބްރާހިމް ހަސަންއަށް ލިބިފައިވަނީ 117 ވޯޓެވެ. ޖަލާލުއްދީން ސްކޫލް ހޯލުގެ ހުޅަނގު ފަރާތުގައި ބެހެއްޓިފައިވާ އުތުރު ދާއިރާގެ B9-1.2 ފޮށިން އާތިފަށް 259 ވޯޓު ލިބިފައިވާއިރު އިބްރާހިމް ހަސަންއަށް ލިފައިވަނީ 134 ވޯޓެވެ.

އެމްއެންޔޫ ކްލާސް ރޫމް 4ގައި ބެހެއްޓިފައިވާ ހުޅަނގު އުތުރު ދާއިރާގެ B9-2.2 ފޮށިން އާތިފްއަށް 253 ވޯޓު ލިބިފައިވާއިރު އިބްރާހިމް ހަސަންއަށް ލިބިފައިވަނީ 95 ވޯޓެވެ. އޭއީސީ ހޯލުގެ ހުޅަނގު ފަރާތުގައި ބެހެއްޓިފައިވާ މެދު އުތުރު ދާއިރާގެ B9-3.1 ފޮށިން އާތިފަށް 247 ވޯޓު ލިބިފައިވާއިރު އިބްރާހިމް ހަސަންއަށް ލިފައިވަނީ 89 ވޯޓެވެ. އޭއީސީ ޓީއާރުސީގައި ބެހެއްޓިފައިވާ މެދު އުތުރު ދާއިރާގެ B9-3.2 ފޮށިން އާތިފް ކުރިހޯއްދެވީ 247 ވޯޓުންނެވެ. އިބްރާހިމަށް ލިބިފައިވަނީ 121 ވޯޓެވެ.

އަމީރު އަމީން ސްކޫލް ކްލާސް ރޫމް 1ގައި ބެހެއްޓިފައިވާ މެދު ދެކުނު ދާއިރާގެ B9-4.1 ފޮއްޓަށް އާތިފަށް 192 ވޯޓު އަދި އިބްރާހިމް ހަސަންއަށް 116 ވޯޓު ލިބުނު އިރު، އަމީރު އަމީން ސްކޫލް ކްލާސް ރޫމް 2ގައި ބެހެއްޓިފައިވާ މެދު ދެކުނު ދާއިރާގެ B9-4.2 ފޮށިން އާތިފްއަށް 242 ވޯޓު ލިބިފައިވާއިރު 119 ވޯޓެވެ. އަދި އަމީރު އަމީން ސްކޫލް ކްލާސް ރޫމް 3ގައި ބެހެއްޓިފައިވާ އިރު ދެކުނު ދާއިރާގެ B9-6.1 ފޮށިން އާތިފަށް ލިބިފައިވަނީ 233 ވޯޓެވެ. އަދި އިބްރާހިމް ހަސަންއަށް 100 ވޯޓެވެ.

އަފީފުއްދީން ސްކޫލް ހޯލުގެ އުތުރުގައި ބެހެއްޓިފައިވާ ހުޅަނގު ދެކުނު ދާއިރާގެ B9-5.1 ފޮށިން އާތިފްއަށް 273 ވޯޓު ލިބިފައިވާރި އިބްރާހިމް ހަސަންއަށް ލިބިފައިވަނީ 150 ވޯޓެވެ. އެ ސްކޫލް ހޯލުގެ ދެކުނުގައި ބެހެއްޓިފައިވާ އިރު ދެކުނު ދާއިރާގެ B9-6.2 ފޮށިން 219 ވޯޓު އާތިފަށް ލިބިފައިވާއިރު އިބްރާހިމް ހަސަންއަށް ލިބިފައިވަނީ 120 ވޯޓެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355