twitterviber whatsapp telegramfacebookyoutube instagram
13th June 2026

ޑިފެންސް މިނިސްޓަރުކަމަށް ހަސަން ރަޝީދު އައްޔަނުކުރައްވައިފި

ނަބީލާ އިސްމާޢީލް
Apr 15, 2026

ޑިފެންސް މިނިސްޓްރީގެ ނަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ނަމަށް ބަދަލުކޮށް އެ މިނިސްޓްރީގެ ވަޒީރަކަށް ހަސަން ރަޝީދު އައްޔަން ކުރައްވައިފި އެވެ.

އެ މަގާމަށް ހަސަން ރަޝީދު އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ހަސަން ރަޝީދަށް މަގާމުގެ ފަތްކޮޅު ދިނުމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިރޭ އިރާކޮޅު ރައީސް އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އެވެ.

ހުވައި ކުރެއްވުމަށްފަހު ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވައިގެ އިގުރާރުގައި ހަސަން ރަޝީދު ވަނީ ސޮއިކުރައްވާފަ އެވެ.

މި ސަރުކާރުގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355