twitterviber whatsapp telegramfacebookyoutube instagram
1st June 2026

ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭނެ ގޮތް ހަދަނީ

Jun 1, 2026

ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ކުރެވޭގޮތް ހަދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދިވެހީންނަކީ ހުރިހާ މާނައެއްގައި ވެސް އިސްލާމް ދީނާއި ޤާނޫނުއަސާސީގެ ހަމަތަކުގެ މަތިން ކަންކަން ކުރާ ބަޔަކަށްވާން ޖެހޭ ކަމަށެވެ. އަދި ހުރިހާ ކަމެއްގައި ވެސް އަމަލީ ގޮތުން އެކަން ކުރިއަށް ގެންދެވެން ޖެހޭނެ ކަމަށް ވިދާޅުވި އެވެ.

ކުޅިވަރުގެ މައިދާނުގައި އުޅޭއިރު ނަމާދު ވަގުތު ޖެހިގެން ނިމިގެންދާއިރު ވެސް، ކުޅިވަރު ކުޅުމުގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކުޅިވަރު ކުޅެން އުޅޭއިރު ނަމާދު ވަގުތު ޖެހުމުން ނަމާދު ކުރެވޭނެ މަގު ފަހިކޮށް ދިނުމަށްޓަކައި މިހާރު ސަރުކާރުން އަޅާ ސްޕޯޓްސް ކޮމްޕްލެކްސް ހިމެނޭހެން ކުޅިވަރު ކުޅޭ އިމާރާތްތަކުގައްޔާއި، ކުޅިވަރު ކުޅޭ މައިދާންތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

އަދި ބަންގި ގޮވާ ވަގުތުން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުތަކަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލުމަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށް ވިދާޅުވި އެވެ.

"ކުޅިވަރު ކުޅެން އުޅެފައި ނަމާދު ގަޑި ގެއްލުނަ ނުދިނުމަށްޓަކައި ގޮސް ނަމާދު ކުރުމަށް އަދި ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތަކަށް ހުރިހާ ކުޅިވަރުތަކެއް މެދުކަނޑައިލެވޭ ގޮތަށް ވިއްސަކަށް މިނިޓު ނަމަވެސް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ސްޕޯޓްސް މިނިސްޓްރީން މިހާރު އެކި ފަރާތްތަކާއި ހަވާލުކޮށްގެން އަޅަން ނިންމާފައިވާ ކުޅިވަރު ކުޅޭ ތަންތަނުގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355