ކަނޑުގެ ދިރުންތަކާއި ވެށި ރައްކާތެރިކުރުމަށްޓަކައި މުޅި ދުނިޔެ ގުޅިގެން ހަރުދަނާ އަދި އަވަސް ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދުޅަހެޔޮ ކަނޑުތަކަކީ ދިރިހުރުމަށާއި ބިމުގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު އެއްޗެއް ކަމަށެވެ.
#WorldOceanDay signals that healthy oceans are essential to life and the future of our planet. This connection is deeply personal for our people, and it directly impacts our economy, food security, and environmental sustainability.
— Dr Mohamed Muizzu (@MMuizzu) June 8, 2026
We are advancing a forward-looking approach to… pic.twitter.com/BQcoOd2FpS
ދިވެހިންނާއި ކަނޑުތަކާ ވަރަށް ބޮޑަށް ގުޅިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ އިގުތިސޯދާއި ކާނާގެ ރައްކާތެރިކަމާއި ތިމާވެށީގެ ދެމެހެއްޓެނިވިކަމާ ސީދާ ގޮތުން ގުޅިފައިވާ ކަމެއް ކަމަށެވެ.
ކަނޑުތަކުގެ ރައްކާތެރިކަމަށްޓަކައި ދުރުވިސްނޭ ސިޔާސަތުތަކެއްގެ ދަށުން މަސައްކަތްތަކެއް ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެގޮތުން ދެމެހެއްޓެނިވި މަސްވެރިކަން ކުރިއެރުވުމާއި، ކަނޑުގެ ދިރާސާތައް ހަރުދަނާކުރުމާއި، ފަރުތަކުގެ ދުޅަހެޔޮކަން ބަލައި މޮނިޓާކުރުމާއި، މުރަކަ އާލާކުރުން ހިމެނޭކަން ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން މޫސުމީ ބަދަލުތަކުން ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ކަނޑުގެ މާހައުލު ރައްކާތެރިކުރުމަށްޓަކައި އިލްމީ ހެކިތަކުގެ މައްޗަށް ބިނާކޮށް ހަރުދަނާ ފިޔަވަޅުތައް އަޅަމުންދަނީ ތިމާވެއްޓާއި ރައްޔިތުންގެ ލާބަ އާއި މަންފާއަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކަނޑުގެ ލޮނުގަނޑު ހޫނުވުމާއި، މުރަކަ ހުދުވުން އަދި ގޮނޑުދޮށްތައް ގިރުމުގެ މައްސަލަތައް އިތުރުވަމުންދާއިރު ކަނޑުތައް ހިމާޔަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި އެއްބާރުލުންދީ، އަވަސް ފިޔަވަޅުތަކެއް އެޅުން މިއަދު މަޖުބޫރުވެފައިވާ ކަމަށެވެ.




